މަމްދޫޙް ދަރަންޏާއި ބެހޭ ބިލާއި ގުޅޭގޮތުން މަޖިލީހުގައި ބަހުސްކުރަނީ
40 އަހަރާ ނުބައްދަލު ދަރަނި ފަސް އަހަރުން ނަގައި ވެރިންގެ ޖީބުތައް ފުރަމުން ދިޔަ ކަމަށް ތުހުމަތުކުރެވުނު
އެމްޑީޕީ ސަރުކާރުން އެއްވެސް އިޚްލާސްތެރިކަމެއް ނެތި ދަރަނި ނަގަމުން ދިޔައީ ގައުމު ހަލާކަށް ވައްޓާލުމަށް ކަމަށް ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙް ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ފަރާތުން ހުށައަޅާ ދަރަންޏާއި ބެހޭ ބިލް ހުށައަޅުއްވަމުން މަމްދޫޙް ވިދާޅުވީ ބިލުގެ އެންމެ ބޮޑު އެއް ބޭނުމަކީ ދައުލަތުގެ ދަރަނި މެނޭޖްކުރުން ކަމަށެވެ. މަމްދޫޙް ދަރަންޏާއި ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ މިދިޔަ ސަރުކާރުން 40 އަހަރާ ނުބައްދަލު ދަރަނި ނާގާފައިވާ ކަމަށެވެ. އަދި އެ އަދަދު މިދިޔަ ފަސް އަހަރުން ނަގައި ވެރިންގެ ޖީބުތައް ފުރަމުން ދިޔަ ކަމަށް ތުހުމަތުކުރެއްވިއެވެ.
ދަރަނީގެ ބިލު ހުށަހަޅުއްވަމުން މަމްދޫޙް ވިދާޅުވީ މި ބިލުގެ އެއް ބޭނުމަކީ ގައުމުގެ އިޤްތިސާދީ ފުދުންތެރިކަން ދިގު މުއްދަތަކަށް ދެމެހެއްޓޭނެ ގޮތެއްގެ މަތިންކަން ކަށަވަރުކުރުން ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ނަގާ ދަރަނިން ގައުމުގެ އިޤްތިސާދަށާއި މުސްތަގުބަލުގެ ޖީލުތަކަށް ކުރާނެ އަސަރު ވަޒަން ކުރެވިގެން ދާނެ ކަމަށެވެ.
ގައުމުގެ މާލީ ހާލަތާއި އިޤްތިސާދު މިހާރު އޮތް ގޮތުން ސިޔާސީ މަގާމުތައް މަދުކުރުމަށާއި ދައުލަތުން ބާއްވާ ބޮޑެތި ހަފްލާތަށް ނުބާއްވަން ނިންމަވައިފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިއުލާނުކުރައްވާފައެވެ.
ކޮމެންޓް