ޗައިނާގެ ފޮރިން މިނިސްޓަރު، ރައީސް މުއިއްޒު އާއި ބައްދަލުކުރެއްވުން
ޔީ ރާއްޖެއަށް ވަޑައިގެން، ރައީސް ޑރ. މުހައްމަދު މުއިއްޒާ ބައްދަލު ކުރައްވައި، މަޝްރޫއުތައް އަވަސް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައިފިއެވެ.
މިބައްދަލުވުމުގައި، ރައީސް ވަނީ ހިނގަމުންދާ މަޝްރޫއުތަކާއި ދެގައުމުގެ މެދުގައި އެއްބަސްވެވިފައިވާ ތަރައްގީގެ މަޝްރޫޢއުތައް އަވަސްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. ގެދޮރުވެރިކަމާއި މަގުހެދުމުގެ މަޝްރޫއުތަކަކީ ދިވެހި ރައްޔިތުންނަށް އެންމެ މުހިންމު މަޝްރޫއިތައްކަމަށާއި، އެ މަޝްރޫޢުތަކަށް އިސްކަންދިނުމުގެ މުހިންމުކަމުގެ މައްޗަށް ރައީސް އަލިއަޅުއްވާލެއްވިއެވެ.
ފޮރިން މިނިސްޓަރު ވާންގް ޔީގެ ވާހަކަފުޅުގައި ދެގައުމުގެ ގުޅުން ބަދަހިކުރެއްވުމަށް ރައީސް ދެއްވާ އަހަންމިއްޔަތުކަމަށް ތައުރީފްކުރެއްވިއެވެ.
ވަޒީރު ވާންގް ޔީ ވަނީ ރާއްޖޭގެ ތަރައްގީއަށް ރައީސް ދެއްވާ އަހަންމިއްޔަތުކަމަށް ތައުރީފްކުރައްވާފައެވެ. އަދި، ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީއަށް ޗައިނާގެ އެހީތެރިކަން ލިބޭނެކަމުގެ ޔަގީންކަން ވަޒީރު ވާންގް ޔީ ވަނީ އަރުވާފައެވެ.
މީގެއިތުރުން ފޮރިން މިނިސްޓަރު ވަނީ ޗައިނާގެ ކުންފުނިތަކުން ރާއްޖޭގައި ހިންގަމުންދާ މަޝްރޫއޮތައް އަވަސްކުރުމަށް ބާރުއަޅުއްވާނޭކަމަށްވެސް ވިދާޅުވެފައެވެ. ރާއްޖެއިން "ވަން ޗައިނާ" ޕޮލިސީއަށް ދެމުންދާ އިސްކަން ފާހަގަކުރައްވަމުން، ރާއްޖެ- ޗައިނާ ގުޅުމަކީ ގައުމުތަކުގެ ކުޑަ ބޮޑު މިނަށް ބެލުމެއްނެތި ގުޅިގެން ތަރައްގީއާއި ފުދުންތެރިކަން ހޯދޭނެކަމުގެ އަލިގަދަ ހެއްކެއްކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ކޮމެންޓް