ރައީސް މުޢިއްޒު ހަރަދުކުޑަކުރުމަށް ނިންމަވާފައިވާ ނިންމެވުމަށް ތާއިދުކުރަން: އެމްއެމްޕީއާރްސީ އެމްޑީ ޝިއުރީ

އެމްއެމްޕީއާރސީގެ އެމްޑީ އަދި ސީއީއޯ އިބްރާހިމް ޝިއުރީ

ރައީސް މުޢިއްޒު ހަރަދުކުޑަކުރުމަށް ނިންމަވާފައިވާ ނިންމެވުމަށް ތާއިދުކުރާ ކަމަށް އެމްއެމްޕީއާރްސީގެ އެމްޑީ ޝިއުރީ ވިދާޅުވެއްޖެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދައުލަތުގެ ހަރަދުކުޑަކުރެއްވުމަށް ނިންމަވާފައިވާ ނިންމެވުމަށް ތާއިދު ކުރާކަމަށް މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝިއުރީ ވިދާޅުވެއްޖެއެވެ.

މީސް މީޑިއާގައި ޝިއުރީ ކުރެއްވި ޕޯސްޓެއްގައި ޝިއުރީ ވިދާޅުވީ ގައުމުގެ އިގްތިސާދު ހަމަމަގަށް އަޅުވައި މާލީ ހާލަތު ރަނގަޅު ކުރުމަށްޓަކައި ރައީސް ޑރ. މުޢިއްޒު ނިންމަވާފައިވާ ނިންމެވުމަކީ މިވަގުތު ޤައުމަށް އެންމެ މަންފާ ކުރާނެ ނިންމެވުމެއް ކަމުގައި ދެކޭ ކަމުގައެވެ. އަދި މި ނިންމެވުން ތަންފީޒު ކުރުމުގައި އެމްއެމްޕީއާރްސީގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށްވެސް ޝިއުރީ ވިދާޅުވިއެވެ.

ޝިއުރީ އިތުރަށް ވިދާޅުވީ ދިވެހިރާއްޖެ އިސްތިހާރު ކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ކުންފުނީގެ ހައިސިއްޔަތުން ފަތުރުވެރިކަމުން ރާއްޖެއަށް ލިބޭ އާމްދަނީ އިތުރުކުރުމަށްޓަކައި ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމުގެ ޔަގީންކަން ރައީސް އަށް އަރުވާ ކަމަށެވެ.

 ރައީސް ޑރ. މުޢިއްޒު ވަނީ ދައުލަތުގެ ހަރަދުތަށް ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަން ނިންމަވާފައެވެ. އެގޮތުން ސަރުކާރުގެ ރިކަރަންޓް ހަރަދުތަށް ކުޑަކުރުމަށް އެކި ފިޔަވަޅުތަކެއް އެޅުމަށްވެސް ވަނީ ނިންމަވާފައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.