ސީރިއާގެ އިދިކޮޅު ލީޑަރު އަބޫ މުހައްމަދު
ސީރިއާގައި ވެރިކަން ކުރަމުންދާ ސިޔާސީ އަދި ޕެރަމިލިޓަރީ ޖަމާއަތް "ހަޔާތު ތަހްރީރު އަލް ޝާމް" އަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ދަމަހައްޓައި ޓެރަރިސްޓު ޖަމާއަތްތަކުގެ ލިސްޓު ރައީސް އޮފީހުން މިއަދު އާންމުކޮށްފިއެވެ.
"ހަޔާތު ތަހްރީރު އަލް ޝާމް"އަކީ ޓެރަރިސްޓު ޖަމާއަތެއް ކަމަށް އދ.ގެ ސަލާމަތީ މަޖިލީހުން ވަނީ 2014 ވަނަ އަހަރު ކަނޑައަޅާފައެވެ.
ރާއްޖެއިން "ހަޔާތު ތަހްރީރު އަލް ޝާމް" ޓެރަރިސްޓު ޖަމާއަތްތަކުގެ ލިސްޓުގައި އެންމެ ފުރަތަމަ ހިމަނާފައި ވަނީ 2019 ވަަނަ އަހަރުއެވެ.
އަލް ގައިދާ (AQ)
އަލް ގައިދާ އިން ދަ އަރަބިއަން ފެނިންސިއުލާ (AQAP)
އަލް ގައިދާ އިން ދަ އިސްލާމިކް މަޣްރިބް (AQIM)
އަލް ގައިދާ އިން ދަ އިންޑިއަން ސަބްކޮންޓިނެންޓް (AQIS)
ޖަބްހަތު އަލް- ނުސްރާ (JN)
ހަޔާތު ތަހްރީރު އަލް ޝާމް ((HTS)
ހުއްރާސް އަލް-ދީން
އިސްލާމިކް ސްޓޭޓް އޮފް އިރާގް އެންޑް ސީރިއާ (ISIS)
އިސްލާމިކް ސްޓޭޓް - ހޮރާސަން ޕްރޮވޮންސް (ISKP)
އަބޫ ސައްޔާފް
ބޯކޯ ހަރަމް
އަލް ޝަބާބް
ނޭޝަނަލް ތައުހީދު ޖަމާއަތް (NTJ)
ޖަމާއަތޭ މިއްލަތޭ އިބްރާހިމް (JMI)
ލަޝްކަރޭ ތޮއިބާ (LET)
ތެހްރެކޭ ތޯލިބާން ޕާކިސްތާން (TTP)
ވިލާޔަތު އައްސޭލާނީ (WAS)
ޖައިޝޭ މުހައްމަދު
ހަރަކާތުލް ޖިހާދު އަލް އިސްލާމީ (HUJI)
ޖަމާ އަންޝޫރާތު ދައުލާ (JAD)
ރައީސް އޮފީހުން އާންމުކުރި ޓެރަރިސްޓު ޖަމާއަތްތަކާއި ހަނގުރާމަވެރި ސަރަހައްދުތަކުގެ ލިސްޓުގައި ހަނގުރާމަވެރި ސަރަހައްދުގެ ގޮތުގައި ސީރިއާގެ ހުރިހާ ސަރަހައްދެއް ވަނީ ހިިމަނާފައެވެ. ސީރިއާއަކީ ހަނގުރާމަވެރި ސަރަހައްދެއްގެ ގޮތުގައި އެންމެ ފުރަތަމަ ހިމަނާފައިވަނީ 2019 ވަނަ އަހަރު އެވެ. އޭގެ ފަހުން ކޮންމެ އަހަރަކު ވެސް އެ ލިސްޓުގައި އެ ސަރަހައްދު އަންނަނީ ހިމަނަމުންނެވެ.
ކޮމެންޓް