ތެލެސީމިއާއަށް މާލެއިން ހުޅުމާލެ ދާން ހާއްސަ ބަސް ރޫޓެއް ހަމަޖައްސައިފި

އެމްޓީސީސީ ބަސް

ތެލެސީމިއާއަށް ފަރުވާ ހޯދާ މީހުން އޮރެންޖު ހިޔާއަށް ދާން އެމްޓީސީސީން އިތުރު ބަސް ސްޓޮޕެއް ތައާރަފްކޮށްފިއެވެ.

މޭލ ސަރަހައްދުގައި ބަހުގެ ހިދުމަތް ދެމުންދާ އެމްޓީސީސީން ބުނީ، ތެލެސީމިއާއަށް ފަރުވާ ހޯދާ މީހުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ހުޅުމާލޭ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވައްސަށް ދަތުރުކުރާ 'އާރް5' ރޫޓުގެ ބަސް އޮރެންޖު ހިޔާއަށް މަޑުކުރަން ނިންމާފައިވާ ކަމަށެވެ.

އެހެންކަމުން މާލޭން އޮރެންޖު ހިޔާއަށް ދަތުރުކުރަން ބޭނުންވާ މީހުންނަށް ހާއްސަކޮށްގެން ހިދުމަތް ދިނުމަށްޓަކައި އާރް 15ގެ ނަމުގައި އިތުރު ބަސް ރޫޓެއް ތައާރަފުކޮށްފައިވާ ކަމަށް ވެސް އެމްޓީސީސީން ބުނެއެވެ. މިއަދު މެންދުރު 1:30 އިން ފެށިގެން އެ ދަތުރުތައް ވަނީ ފަށައިފަ އެވެ. އަދި އެކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް އެ ކުންފުނީގެ ހޮޓްލައިން ނަންބަރު 1650 ގުޅުމަށް އެ ކުންފުނިން އެދެއެވެ.

ސިފައިންނާ ހަވާލުކޮށްގެން އޮރެންޖު ހިޔާއަށް ތެލެސީމިއާ ސެންޓަރު ބަދަލު ކުރުމުގެ މަސައްކަތް ފެށީ މިދިޔަ މާޗް މަހުގެ 28 ވަނަ ދުވަހުއެވެ. އެތަނުގެ މަސައްކަތްްތައް ސިފައިންނާ ހަވާލުކުރީ، މިހާރު ދަމަނަވެށީގައި ހިންގަމުންދާ އެތަނާ މެދު ތެލެސީމިއާ ކުދިންނާއި އާއިލާތަކުން ކަންބޮޑުވުން ފާޅުކޮށް، މުޒާހަރާ ކުރަން ފެށުމާއެކުއެވެ.

ތެލެސީމިއާ ސެންޓަރު އޮރެންޖު ހިޔާއަށް ބަދަލުކޮށް ހިދުމަތް ދޭން ފަށަން ނިންމާފައިވަނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެންނެވެ. ތެލެސީމިއާއާ ގުޅުންހުރި އެންމެހައި ދަތިތަކަށް ހައްލު ހޯދައިދެއްވާނެކަމުގެ ޔަގީންކަން ރައީސް މުއިއްޒު ވަނީ ދެއްވާފައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.