ޖީއެސްޓީ އިން ލިބުނު އާމްދަނީއަށްވުރެ ކުރީ ސަރުކާރުގެ ހަރަދުތަށް ބޮޑު: ސުޖާ

ޕީއެންސީ ޖަލްސާ ތެރޭގައި ޝުޖާއު ވާހަކަފުޅު ދައްކަވަނީ

ޖީއެސްޓީ އިން ލިބުނު އާމްދަނީއަށްވުރެ ކުރީ ސަރުކާރުގެ ހަރަދުތަށް ބޮޑު: ސުޖާ

ކުރީ ސަރުކާރަށް ޖީއެސްޓީ އަދި ޓީޖީއެސްޓީ އިން ލިބުނު އާމްދަނީއަށްވުރެ ހަރަދުތަށް ބޮޑުކަމަށް ބާރަށުގެ ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާޢު ވިދާޅުވެއްޖެއެވެ.

ޝުޖާޢު މިހެން ވިދާޅުވެފައިވަނީ ޖީއެސްޓީ އަދި ޓީޖީއެސްޓީ ކުރީ ސަރުކާރުން ބޮޑުކުރީ ސަރުކާރަށް ލިބޭ އާމްދަނީ އިތުރުކުރަން ކަމަށެވެ. އެކަމަކު އެކަމުން ލިބުނު ފައިދާއެއް ނެތް ކަމަށާއި ސަރުކާރު ހަރަދު ލިބުނު އާމްދަނީއަށްވުރެ ބޮޑު ކަމަށް ޝުޖާޢު ވިދާޅުވިއެވެ. ޝުޖާޢު ވިދާޅުވީ ރައީސް ޑރ. މުޢިއްޒު ދައުލަތުގެ ހަރަދުކުޑަކުރަން މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ވެރިކަމުގައި ދިވެހި ރައްޔިތުންނަށް ދެރަވާކަމެއް ނުކުރާނެ. ދިވެހި ޤައުމުގެ މިނިވަންކަމާ އިސްތިޤުލާލު ގެއްލޭ އެއްވެސް ކަމެއް ނުކުރާނެ. ދިވެހި ދަޢުލަތުގެ ހަރުމުދަލެއް ނުވިއްކާނެ.ފައިސާއެއް ޗާޕެއް ނުކުރާނެ" ޝުޖާޢު ވިދާޅުވިއެވެ.

ސަރުކާރުން ސަބްސިޑީ ދޭނީ ހައްގުވެރި ފަރާތްތަކަށް ކަމަށްވެސް ޝުޖާޢު ވިދާޅުވިއެވެ.

"ހައްޤުވެރި ފަރާތްތަކަށް، ހައްޤުވެރި ރައްޔިތުންނަށް ސަބްސިޑީ ދެވޭނެ މެކޭނިސަމްއަކަށް ދިޔުމަށް ދިވެހި ދައުލަތް ގެންދިޔުމުގެ މަސައްކަތް ދަނީ ކުރަމުން" ޝުޖާޢު ވިދާޅުވިއެވެ.

ޝުޖާއުގެ ވާހަކަފުޅު ނިންމަވާލަވަމުން ވިދާޅުވީ ރައްޔިތުންނާއި ގާތުން މަސައްކަތް ކުރަން ޕީއެންސީއިން ދަނީ ތައްޔާރުވަމުން ކަމަށެވެ. އެގޮތުން ރައްޔިތުންނަށް ފޯރުކޮއްދޭންޖޭ ތެދު މައުލޫމާތު ފޯރުކޮއްދޭނެކަމަށް ވެސް ޝުޖާޢު ވިދާޅުވިއެވެ.

ޕީއެންސީގެ ހަރުގެ ޖަލްސާގައި ވަނީ ސަރުކާރުގެ އިސްވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންވެސް ބައިވެރިވަޑައިގަތެވެ. މި ޖަލްސާގައި ވަރަށް ގިނަ އާންމު ރައްޔިތުންވެސް ވަނީ ބައިވެރިވެފައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.