އަތުލައިގަނެވުނު މަސްތުވާ ތަކެތި
މި މައްސަލައިގައި ދެ ދިވެހިން ވަނީ ހައްޔަރު ކޮށްފައި، އެއީ އުމުރުން 25 އަހަރާއި 42 އަހަރުގެ ދެ މީހުން
އަބޫދާބީ މަގުން ރާއްޖެ އައި ޕާކިސްތާނުގެ މީހެއްގެ އަތުން ދެ ކިލޯގެ މަސްތުވާކަތި އަތުލައިގަނެ، އެކަމުގައި ހިމެނޭ ކަމަށް ތުހުމަތުކުރެވޭ ދެ ދިވެއްސަކު ހައްޔަރުކޮށްފި އެވެ.
އިސްކަންދަރު ކޮށީގައި ފުލުހުންނާއި ކަސްޓަމްސްގެ އިސްވެރިން ގުޅިގެން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ޗީފް އިންސްޕެކްޓަރު އޮފް ޕޮލިސް މުހައްމަދު ވަހީދު ވިދާޅުވީ، ޕާކިސްތާނުގެ މީހާ މާލެ އައީ މިދިޔަ ބުދަ ދުވަހު އަބޫދާބީ މަގުން ކަމަށެވެ.
އަދި އެތަކެތި ޓެސްޓު ކުރިއިރު ފުރަތަމަ މަރުހަލާގައި އެތަކެތި ހެރޮއިނަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި އަތުލައިގަނެވުނު މަސްތުވާތަކެތީގެ މަގުމަތީ އަގު 2 މިލިއަން އެއްލައްކަ ވިހިހާސް ރުފިޔާއަށް އަރާ ކަމަށް ކަސްޓަމްސްއިން މަޢުލޫމާތު ދީފައިވެއެވެ.
ފުލުހުން ވިދާޅުވިގޮތުގައި މި މައްސަލައާއި ގުޅުން ހުރި ކަމުގެ ތުހުމަތުގައި ދެ ދިވެއްސަކު ހައްޔަރުކޮށްފައިވެއެވެ. އެއީ އުމުރުން 25 އަހަރާއި 42 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ. ޕާކިސްތާނު މީހާ ހިމެނޭ ގޮތަށް ހައްޔަރުކުރި ދެ މީހުން 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރުމުގެ ހުއްދަ ކޯޓުން ދީފައިވާކަމަށްވެސް ފުލުހުން ބުންޏެވެ،
މި މައްސަލަ ތަހުގީގު ކުރަމުން އަންނާތީ އެކަމުގެ ތަފްސީލެއް ފުލުހުން ހާމަނުކުރެއެވެ
ކޮމެންޓް