އޮލިމްޕިކް ސައިޒު ސްވިމިން ޕޫލުގެ މަސައްކަތް ބާރަށް ކުރިއަށް، އަންނަ އަހަރު މަސައްކަތް އެއްކޮށް ނިންމާލެވޭނެ!

އިންޑޯރ ސްވިމިން ޕޫލް

އޮލިމްޕިކް ސައިޒު ސްވިމިން ޕޫލް އެޅުމުގެ އަމަލީ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި، އެ މަސައްކަތް އަންނަ އަހަރު ނިންމާލެވޭނެކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.

ބައިނަލްއަގްވާމީ ފެންވަރުގެ މުބާރާތްތައް ބޭއްވޭނެ ފެންވަރުގެ ސްވިމިން ޕޫލެއް އެޅުމުގެ މަސައްކަތް މިދިޔަ ދެ ސަރުކާރުންވެސް ފެށިއެވެ. އެހެން ނަމަވެސް އެކަމުގެ އަމަލީ މަސައްކަތާ ހަމައަށް ނުދެވި މަސައްކަތް މަޑުޖެހިފައިވާއިރު މި ސަރުކާރުން ވަނީ އެއް އަހަރުގެ ތެރޭގައި ހުރިހާ ލިޔެކިޔުންތަކެއްގެ މަސައްކަތް ނިންމާ، ޕޫލް އެޅުމުގެ އަމަލީ މަސައްކަތްވެސް ފަށާފައެވެ.

ޕޫލް އެޅުމުގެ އަމަލީ މަސައްކަތް މިހާރު ފަށާފައިވާއިރު، އެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށް ސްޕޯޓްސް މިނިސްޓްރީން ވަނީ ބުނެފައެވެ. ސްވިމިން އެސޯސިއޭޝަންގެ ބެލުމުގެ ދަށުން ކުރިއަށްދާ މި މަސައްކަތާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ އަންނަ އަހަރުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާލެވޭނެކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ އޮލިމްޕިކް ސައިޒު ސްވިމިން ޕޫލް އެޅުމުގެ މަސައްކަތަކީ ކުރިއަށް ނުގޮސް ހުއްޓިފައި އޮތް މަސައްކަތެއްކަމަށާއި، މި ސަރުކާރުން މިކަން އަވަހަށް ފެށޭނެ ގޮތް ހެދުމަކީ ކުޅިވަރަށް ސަރުކާރުން ދެއްވާ އަހަމިއްޔަތު ފެންނަ ކަމެއްކަމަށެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.