ރައީސް ނަޝީދު އެމްޑީޕީގެ އިވެންޓެއް ނިންމަވައިފައި
އެމްޑީޕީގެ އަހަރީ ދުވަހުވެސް ރައީސް ނަޝީދު ގޮވާލެއްވީ ބަރުލަމާނީ ނިޒާމަކަށް
ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަކުން ކަމަށް ކުރީގެ ރައީސް ރައީސް މުޙައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.
މިއަދު ފާހަގަަ ކުރާ އެމްޑީޕީގެ 19 ވަނަ އަހަރީ ދުވަހާއި ގުޅިގެން އެމްޑީޕީގެ ހުރިހާ މެމްބަރުންނާއި ސަޕޯޓަރުންނަށް ތަހުނިޔާ ވިދާޅުވަމުން އެމަނިކުފާނު ވިދާޅުވީ ރައްޔިތުންނަށް ފައިދާހުރި ވެރިކަމެއް ހިންގޭނީ ބަރުލަމާނީ ނިޒާމުންކަމަށް ދެކޭ ދެކުން ކަމަށެވެ.
ހަމަ އެހެންމެ އެމްޑީޕީގެ އޮނިގަނޑު ރޭވިފައިވަނީ ވެސް އެ ހަމަައަށް ކަމަށް ނަޝީދު ވިދާޅުވި އެވެ.
ނިމިގެން ދިޔަ އެމްޑީޕީގެ ވެރިކަމުގައި ވެސް ވެރިކަން ބަރުލަމާނީ ނިޒާމަކަށް ގެނައުމަށް އެމަނިކުފާނު ވަނީ މަސައްކަތް ކުރައްވާފައެވެ. އަދި އެކަން އެމްޑީޕީގެ ކޮންގްރެސްއަށް ވެސް ހުށަހެޅުއްވިއެވެ. އެކަމަކު ބޮޑު އަޣުލަބިއްޔަތުން އެގޮތަށް ފާހެއް ނުވިއެވެ.
އޭގެ ފަހުން އެމަނިކުފާނު ވަނީ ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީއެއް ހައްދަވައިފަ އެވެ. އަދި އެ ޕާޓީން ދަނީ ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަން ބަދަލުކުރުމަށް ގޮވާލަމުންނެވެ.
ކޮމެންޓް