ގދ.ކައުންސިލް ބޭފުޅުން
ދަނޑުވެރިކަމުގެ ދާއިރާގައި ހުރި ގޮންޖެހުންތަކާއި، އެ ދާއިރާ އިތުރަށް ތަރައްޤީ ކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ގދ. އަތޮޅު ކައުންސިލުން މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ އިސްވެރިންނާ ބައްދަލުކޮށްފިއެވެ.
މި ބައްދަލުވުމުގައި ގދ. އަތޮޅުގެ ދަނޑުވެރިކަމުގެ ދާއިރާގައި ދިމާވެފައިވާ ގޮންޖެހުންތަކާއި، އެ ދާއިރާ އިތުރަށް ކުރިއެރުވުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.
މީގެއިތުރުން، ހދ. ތީފަރިދޫގައި ކުރިއަށްގެންދާ ދަނޑުވެރިކަމުގެ މަސައްކަތްތަކުގައި ހުރި ގޮންޖެހުންތަކާއި، އެރަށުގެ ދަނޑުވެރިކަން އިތުރަށް ތަރައްޤީކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެވުނެވެ.
މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރއިން ވަނީ ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް އެކި ކަންކޮޅުތަކުގައި ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، މިފަދަ މަޝްވަރާ ބައްދަލުވުންތަކަކީ އަތޮޅުތަކުގެ ދަނޑުވެރިކަން ތަރައްޤީކުރުމަށް މުހިންމު ބައްދަލުވުންތަކެއް ކަމުގައި ފާހަގަކޮށްފައެވެ.
ކޮމެންޓް