ހަމަލާއަށްފަހު ޓްރަމްޕް
ޓްރަމްޕްގެ ހާލުކޮޅު ރަނގަޅު ކަމަށް މައުލޫމާތި ލިބިފައިވޭ
އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ބަޑީގެ ހަމަލާއެއް ދީފިއެވެ.
މި ހަމަލާ ދިފައިވަނީ އެމެރިކާގެ ޝަހަރެއް ކަމަށްވާ ޕެންސަލްވޭނިޔާގައި ބޭއްވުނު ކެންޕެއިން ހަރަކާތެއްގައެވެ. ޓްރަމްޕްގެ ތަރުޖަމާނު މައުލޫމާތު ދޭ ގޮތުގައި ޓްރަމްޕްގެ ހާލުކޮޅު ރަނގަޅެވެ.ތަރުޖަމާނު ޓްރަމްޕްއަށް ލިބިފައިވާ އަނިޔާ އާއި ބެހޭ ގޮތުން އެއްވެސް މައުލޫމާތެއް ހިއްސާ ކޮށްފައި ނުވެއެވެ.
ބަޑީގެ އަޑު އިވުމާއެކު ޓްރަމްޕްގެ ބޮޑީގާޑުން ވަނީ ޓްރަމްޕްގެ ސަލާމަތަށް މަސައްކަތް ކޮށްފައެވެ. އަދި ވީހާވެސް އަވަހަކަށް އެ ސަރަޙައްދުން ގެންދެވޭތޯ މަސައްކަތް ކުރިއެވެ.
މި ހަމަލާދިން މީހާ ވަނީ މަރުވެފައެވެ. އަދި އިތުރު އެކަކު ވަނީ ބަޑީގެ ހަމަލާގައި މަރުވެފައެވެ. ވީޑިއޯ މަންޒަރުތަކުން ފެންނަ ގޮތުގައި ޓްރަމްޕްގެ ކަންފަތާއި ދިމާލު، މޫނުމަތިން ލޭ ފައިބާތަން ފެނެއެވެ.
ކޮމެންޓް