މަނާކުރި ބޭސް
އެލެގްރާ ބޭހުގެ ތިން ބެޗަކުން ކޮލިޓީ މައްސަލަތަކެއް ދިމާވެފައިވާކަމަށް
ކުޑަކުދިންނަށް ހާއްސަކޮށް، ރާއްޖެ އެތެރެކޮށް ވިއްކަމުން އަންނަ އެލެގްރާ ސަސްޕެންޝަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން (އެމްއެފްޑީއޭ) އިން މަނާކޮށްފިއެވެ.
އެމްއެފްޑީއޭ އިން ކުރި އިއުލާނެއްގައި ބުނީ އެލެގްރާ ބޭހުގެ ތިން ބެޗަކުން ކޮލިޓީ މައްސަލަތަކެއް ދިމާވެފައިވާކަމަށް އެ ބޭސް އުފެއްދި ކުންފުނިން އެލާޓްކޮށްފައިވާ ކަމަށެވެ. އެހެންވެ، އެ ތިން ބެޗު ރާއްޖެ އެތެރެކުރުމާއި ވިއްކުމާއި ބޭނުންކުރުން ވެސް މަނާކޮށްފައިވާ ކަމަށް އެ އޮތޯރިޓީން ބުނެއެވެ.
ސަނޮފީ އިންޑިއާ ލިމިޓެޑުން އުފައްދާ އެ ބޭހުގެ މައްސަލަ ޖެހިގެން އުޅޭ ތިން ބެޗަކީ AL1223019, AL1223029, AL1223060 އެވެ.
އެމްއެފްޑީއޭ އިން ވަނީ އެ ބެޗުގެ ބޭސްތައް ހުރި ނަމަ، ފާމަސީތަކާއި ބޭސް ގުދަންތަކާއި ސިއްހީ ހިދުމަތްދޭ ތަންތަނުން އެންގުމަށް އެދިފައެވެ.
ކޮމެންޓް