ރޭގެ ރަސްމިއްޔާތުގެ ތެރެއިން
މިއީ އިންޑިއާގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދިަ ހަ މަޝްރޫއު
އިންޑިއާގެ އެހީގައި ރާއްޖޭގައި ކުރިއަށް ގެންދިޔަ ހަ މަޝްރޫއެއްގެ ނިމުން ރޭ ފާހަގަކޮށްފިއެވެ.
އެ މަޝްރޫއުތަކުގެ ނިމުން ފާހަގަކުރީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖަޔަޝަންކަރު މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރޭ ބޭއްވި ރަސްމިއްޔާތެއްގައެެވެ.
މިއީ އިންޑިއާގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދިަ ހަ މަޝްރޫއެވެ.
މި މަޝްރޫއުތަކުގެ ތެރޭގައި ހިމެނެނީ:
ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ގާއިމްކުރި މެންޓަލް ހެލްތު ޔުނިޓް.
ތ. ތިމަރަފުށި، ތ. ވޭމަންޑޫ، ގއ. ކޮނޑޭގައި މަގުބައްތި ހަރުކުރުމުގެ މަޝްރޫއު.
ހއ. އަތޮޅު ތައުލީމީ މަރުކަޒުގައި ގާއިމު ކުރި އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓް.
ލ. ގަމުގެ އިހައްދޫ ސްކޫލްގައި ގާއިމު ކުރި އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓް.
ތިނަދޫ ސިޓީ އަބޫބަކުރު ސްކޫލްގައި ގާއިމު ކުރި އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓް.
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ގާއިމުކުރި ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރު.
ކޮމެންޓް