އިމްޑިޔާގެ އައު ސަފީރުގެ ފަތްކޮޅު ރައީސަށް އެރުއްވުން
އިންޑިއާ އައު ސަފީރު ޖީ. ބަލަސުބްރަމަނިއަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ސަފީރު ކަމުގެ ފަތްކޮޅު އަރުވައިފިއެވެ.
މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވުނު ރަސްމިއްޔާތެއްގައި ސަފީރު ކަމުގެ ފަތްކޮޅު ހުށަހެޅުއްވުމުން، ރައީސުލްޖުމްހޫރިއްޔާ އެ ލިޔުން ބަލައިގަނެ، އިންޑިއާގެ އައު ސަފީރަށް މަރުޙަބާ ދެންނެވިއެވެ.
ފަތްކޮޅު އެރުއްވުމަށް ސަފީރު ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އަދި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ. އެސް. ޖައިޝަންކަރުގެ ސަލާމް ރައްދުކުރައްވާފައެވެ. ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުތަކާއި، އެކި ދާއިރާތަކުގައި އިންވެސްޓްމަންޓް އިތުރުކުރުމާއި، ދެ ޤައުމުގެ ރައްޔިތުންގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.
ކޮމެންޓް