ހުޅުމާލެ
ހުޅުމާލެ ފޭސް 2 ގައި 18 އަހަރުން ދަށުގެ ކުޑަކުދިންތަކެއް ތޫނި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގައިފިއެވެ.
ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދިންގޮތުގައި މި މާރާމާރީ ހިނގާފައި ވަނީ މިރޭ 10:00 ހާއިރުއެވެ.
މާރާމާރީގައި އެތަނުން އެއް ކުއްޖަކަށް ޒަޚަމްވެފައިވާއިރު މި މައްސަލައާ ގުޅިގެން 2 ކުދިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުންޏެވެ. މީގެ އިތުރު 4 ކުދިން ހިފަހައްޓާފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މައްސަލަ ތަޙުޤީޤުކުރަމުން އަންނަކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
ކޮމެންޓް