އަންހެނުންގެ ދުވަހާ ގުޅިގެން ޕީއެންސީއިން ޚާއްސަ ތަރާވީހެއް ބާއްވައިފި

ބައިނަލް އަޤުވާމީ އަންހެނުންގެ ދުވަހާ ގުޅިގެން ކޮންގްރެސް ޕާޓީން ޚާއްސަ ތަރާވީހެއް ބޭއްވުން،

ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކޮންގްރެސް ޕާޓީގެ އަންހެނުންގެ ހަރަކާތުން އިންތިޒާމްކޮށްގެން ޚާއްސަ ތަރާވީހެއް ރޭ ބާއްވައިފިއެވެ.

މި ހަރަކާތް ޝަރަފްވެރިކޮށްދެއްވާފައިވަނީ ރާއްޖޭގެ ފަސްޓް ލޭޑީ، މެޑަމް ސާޖިދާ މުޙައްމަދެވެ.

މި އަހަރުގެ ބައިނަލް އަޤުވާމީ އަންހެނުންގެ ދުވަހުގެ ޝިޢާރަކީ "އެކްސެލެރޭޓް އެކްޝަން" ކަމަށްވާއިރު، އަންހެނުންގެ ޙައްޤުތައް ކުރިއެރުވުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމުގެ މުހިންމުކަން ފާހަގަކުރެވިގެންދިޔައެވެ.

ކޮންގްރެސް ޕާޓީގެ އަންހެނުންގެ ހަރަކާތުން އިސްނަގައިގެން ބޭއްވި މި ތަރާވީހުގައި ގިނަ އަދަދެއްގެ އަންހެން ބޭކަނބަލުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި މި ހަރަކާތުގައި އަންހެނުންގެ ބާރުވެރިކަމާއި، އެއްބައިވަންތަކަން އިތުރުކުރުމުގެ މުހިންމުކަން ފާހަގަކުރެވުނެވެ.

"ރޯދައިގެ ރޫޙު" ގެ ޝިޔާރުވެސް އެކުލެވޭ ގޮތަށް ކުރިއަށްގެންދެވުނު މި ހަރަކާތަކީ އަންހެނުންގެ ދުވަހާއި ރަމަޟާން މަހުގެ ރޫޙާ ގުޅުވައިލައިގެން ބޭއްވުނު ޚާއްސަ ހަރަކާތެކެވެ. މި ހަރަކާތުގެ ސަބަބުން އަންހެނުންގެ މެދުގައި އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަން އިތުރަށް ބަދަހިވެގެން ދިޔައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.