އިންޑިއާގެ ނިކޮބާ އައިލެންޑްސް
އިންޑިއާގެ ނިކޮބާ އައިލެންޑްސްއަށް ރޭ އައި 6.2 މެގްނިޓިއުޓުގެ ބިންހެލުމެއް އަސަރު ރާއްޖެއަށް ކުރި ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓު) އިން ބުނެފި އެވެ.
އެ ބިންހެލުން އައިސްފައިވަނީ ރޭ ރާއްޖެ ގަޑިން 11:41 ހާއިރު އެވެ. އެ ބިން ހެލުމުގެ އެއްވެސް އަސަރެއް ރާއްޖެއަށް ކުރާނެ ކަމަށް ނުބެލެވޭ ކަމަށް ރޭ އެ އިދާރާއިން އޮތީ ބުނެފަ އެވެ.
އެ ބިންހެލުމާ ގުޅިގެން ސުނާމީއެއް އުފެދިފައިނުވާ ކަމަށާއި، އެކަމަކު ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ލޮޅުމެއް އައިކަމުގެ ރިޕޯޓްތައް ލިބިފައިވާ ކަމަށެވެ.
ނަމަވެސް ބިންހެލުމާ ގުޅިގެން މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކަށް ލޮޅުމެއް އައިކަމުގެ ރިޕޯޓްތައް ވަނީ ލިބިފަ އެވެ.
ކޮމެންޓް