އަލިފާން ހިނގި ސަރަހައްދު
މާލޭގެ މާފަންނު ސަރަހައްދުގައި ހުރި ގެއެއްގައި މިރޭ އަލިފާން ރޯވެއްޖެ އެވެ.
އަލިފާން ރޯވެފައިވަނީ މ. ނިއުޕްލާޒާ ގޭގައެވެ. މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މަޢުލޫމާތު ދެއްވި ގޮތުގައި މި ހާދިސާގެ ރިޕޯޓު އެފަރާތަށް ލިބިފައިވަނީ މިރޭ 19:11 ގައެވެ.
އަލިފާން ނިއްވުމުގެ މަސައްކަތް ކުރުމަށް އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ އޮފިސަރުން ވަނީ ސަރަހައްދަށް ފޮނުވާފައެވެ. އަދި މި ވަގުތު އަލިފާން ނިއްވުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
މި ހާދިސާގައި މިހާތަނަށް އެއްވެސް މީހަކަށް އަނިޔާވި ކަމުގެ މަޢުލޫމާތެއް ލިބިފައެއް ނުވެއެވެ. އަދި އަލިފާން ރޯވި ސަބަބާއި ލިބުނު ގެއްލުމުގެ ތަފްސީލު އަދި ވަނީ ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓް