މަޖިލީހުގެ ފަހު ޖަލްސާ، ހުރިހާ މެމްބަރުންގެ ފަހު ބަސް މިއަދު
ރައްޔިތުން މަޖިލީހުގެ 19 ވަނަ ދައުރުގެ ފަހު ޖަލްސާ ފެށިއްޖެއެވެ.
ރައްޔިތުން މަޖިލީހަށް އިންތިހާބުކުރި 87 މެމްބަރުންގެ ދައުރު ހަމަވާނީ މި މަހުގެ 15 އަށެވެ. އެހެންނަމަވެސް މަޖިލީހުން ވަނީ މިދައުރުގެ ފަހު ޖަލްސާ މިއަދު ބާއްވަން ނިންމާފައެވެ.
ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ މިއަދުގެ ޖަލްސާގައި ހުރިހާ މެމްބަރުންނަށް ފަހު ބަސް ބުނުމުގެ ފުުރުސަތު ދެއްވާނެކަމަށެވެ.
20 ވަނަ ރައްޔިތުން މަޖލީހުގެ ހުވާކުރުުން އޮންނާނީ މިމަހުގެ 28 ވަނަދުވަހުއެވެ. އާ މަޖިލީހުގައި 93 މެމްބަރުން ތިއްބަވާއިރު މަޖިލީހުގެ ގިނަ ގޮނޑި ލިބިފައިވަނީ ސަރުކާރުން ހިންގާ މައި ޕާޓީ ޕީއެންސީއަށެވެ. މަޖޅީހުގެ އިންތިހާބަށް ފަހު އެޕާޓީއަށް ގުޅުނު މެމްބަރުންނާއި އެކު ޕީއެންސީގެ މެމްބަރުންގެ އަދަދަކީ 73 އެކެވެ.
ކޮމެންޓް