ފާތިމަތު ޝައުފާ
ޓޫރިޒަމް މިނިސްޓްރީ އާއި އެންވަޔަރަންމަންޓް މިނިސްޓްރީ އެއްކޮށްލުމާ ގުޅިގެން، ޓޫރިޒަމް މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމުގައި ހުންނެވި ފާތިމަތު ޝައުފާގެ މަޤާމު ގެއްލިއްޖެއެވެ.
ލ. ފޮނަދޫއަށް ނިސްބަތްވާ ފާތިމަތު ޝައުފާ ޓޫރިޒަމް މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް އައްޔަންކުރެއްވީ މިދިޔަ ޖަނަވަރީ މަހުގެ 6 ވަނަ ދުވަހުއެވެ. ނަމަވެސް ދެ މިނިސްޓްރީ އެއްކޮށްލުމާ ގުޅިގެން އޭނާ ވަނީ މަޤާމުން ވަކިވެފައެވެ.
މި ބަދަލާ ގުޅިގެން ކުރިން ޓޫރިޒަމް މިނިސްޓަރުގެ މަޤާމުގައި ހުންނެވި އިބްރާހިމް ފައިސަލް ވެސް ވަނީ މަޤާމުން ވަކިކުރައްވާފައެވެ. އަދި އަލަށް އުފެއްދެވި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގެ މިނިސްޓަރުގެ މަޤާމަށް ވަނީ ޠާރިޤު އިބްރާހިމް އައްޔަންކުރައްވާފައެވެ.
މި ދެ މިނިސްޓްރީ އެއްކޮށްލެއްވުމަކީ ސަރުކާރުގެ އިދާރީ އޮނިގަނޑަށް ގެންނެވި މުހިންމު ބަދަލެއްކަމަށް ވެފައި، މިއީ ދައުލަތުގެ ޚަރަދުތައް ކުޑަކުރެއްވުމަށް އެޅުއްވި ފިޔަވަޅެއް ކަމުގައި ވެސް ބެލެވެއެވެ.
ކޮމެންޓް