ހައްޔަރުކުރެވުނު 2 ބިދޭސީން
ބަލައިފާސްކުރިއިރު 324 ދަޅު ބަނގުރާ، 378 ފުޅި ބަނގުރާ އަދި ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 5 ލީޓަރުގެ 10 ފުޅިއާއި 500 އެމްއެލްގެ ހަތް ފުޅި ފެނިފައިވޭ
ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ، ބޭނުންކޮށް، އެތަކެތީގެ ވިޔަފާރިކުރާ ކަމަށް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހުޅުމާލެ ފޭސް 3ގައި ހިންގި އޮޕަރޭޝަނެއްގައި ބަނގުލަދޭޝް ދެ ފިރިހެނުން ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޕަރަން ދާސް (49އ) އަދި އަލް އަމީން (30އ) އެވެ.
މި އޮޕަރޭޝަނުގައި ހުޅުމާލެ ފޭސް 3ގައި ކޮންސްޓްރަކްޝަން މަސައްކަތްކުރާ ސައިޓަކުން އެ މީހުން ހައްޔަރުކޮށް، ބަލައިފާސްކުރިއިރު 324 ދަޅު ބަނގުރާ، 378 ފުޅި ބަނގުރާ އަދި ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 5 ލީޓަރުގެ 10 ފުޅިއާއި 500 އެމްއެލްގެ ހަތް ފުޅި ފެނިފައިވެއެވެ.
މި އޮޕަރޭޝަން ހިންގާފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެންނެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.
ކޮމެންޓް