ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން (އާރްޑީސީ) އަމިއްލަ ކުންފުންޏެއްގެ ހާޑްވެއާ ފިހާރައަކުން ކްރެޑިޓަށް ނަގާފައިވާ ތަކެއްޗަށް 1.3 މިލިއަން

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން (އާރްޑީސީ) އަމިއްލަ ކުންފުންޏެއްގެ ހާޑްވެއާ ފިހާރައަކުން ކްރެޑިޓަށް ނަގާފައިވާ ތަކެއްޗަށް 1.3 މިލިއަން

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން (އާރްޑީސީ) އަމިއްލަ ކުންފުންޏެއްގެ ހާޑްވެއާ ފިހާރައަކުން ކްރެޑިޓަށް ނަގާފައިވާ ތަކެއްޗަށް 1.3 މިލިއަންނަށް ވުރެ ރުފިޔާ ދައްކަން ސިވިލް ކޯޓުން އަންގައިފިއެވެ.

އަމިއްލަ ކުންފުންޏެއްގެ ފަރާތުން ސިވިލް ކޯޓުުގައި ކުރި ދައުވާގައި އެދިފައިވަނީ އެ ކުންފުނީގެ ފިހާރައިން އާރްޑީސީއިން ކްރެޑިޓަށް ނަގާފައިވާ މުދަލަށް ދައްކަންޖެހި ނުދައްކައިވާ 1،533،588.85 ރުފިޔާ އާރްޑީސީގެ ކިބައިން އެކީ އެއްފަހަރާ ނަގައިދިނުމަށެވެ.

މި ދައުވާއާ ގުޅިގެން އާރްޑީސީގެ ފަރާތުން ބުނެފައިވަނީ ދައުވާގައި ހޯދުމަށް އެދިފައިވާ ފައިސާގެ ތެރެއިން 200،557.79 ރުފިޔާ 29 މެއި 2023 ގައި އެ ކުންފުންޏަށް ދައްކާފައިވާ ކަމަށެވެ. އަދި އެ ފައިސާ އުނިކުރުމަށް ފަހު ދައުވާގައި ހޯދުމަށް އެދިފައިވާ ފައިސާ ދެފަރާތުގެ ދެމުދުގައި އެއްބަސްވެވޭ ގޮތެއްގެ މަތިން ކޮންމެ މަހަކުވެސް އެމަހަކަށް ޖެހޭ އަދަދަށްވުރެ މަދުނޫން އަދަދެއް ދައްކަމުންގޮސް އެ ފައިސާ ދެއްކުމަށް އެއްބަސްވާ ކަމަށް އާރްޑީސީއިން ބުނެފައިވެއެވެ.

މި މައްސަލައިގައި ދައުވާ ކުރި ކުންފުނިން އެދުނީ އެ ފައިސާ ދައްކަން އާރްޑީސީއަށް ހަ މަހުގެ މުއްދަތެއް ދިނުމަށެވެ. އެހެންނަމަވެސް، އާރްޑީސީއިން ވަނީ އެ ފައިސާ ދެއްކުމަށް އެއް އަހަރުގެ މުއްދަތެއް ދިނުމަށް އެދިފައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.