އަންނަ ސީޒަންގެ ނިޔަލަށް އެއްބަސްވުން ހަމަވުމުން ގާޑިއޯލާ ސިޓީ ދޫކޮށްލާނެކަމުގެ އިޝާރާތެއް

އަންނަ ސީޒަންގެ ނިޔަލަށް އެއްބަސްވުން ހަމަވުމުން ގާޑިއޯލާ ސިޓީ ދޫކޮށްލާނެކަމުގެ އިޝާރާތެއް

އަންނަ ސީޒަންގެ ނިޔަލަށް އެއްބަސްވުން ހަމަވުމުން ގާޑިއޯލާ ސިޓީ ދޫކޮށްލާނެ ކަމުގެ އިޝާރާތެއް ދީފިއެވެ.

ވިދިވިދިގެން 4 ވަނަ ފަހަރަށް ޕްރިމިއަރ ލީގު ހޯދައިދިނުމުގެ ރެކޯޑް ހެދި މެޗަށްފަހު މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ ކްލަބް ދޫކޮށްލަންވީ ވަގުތު ގާތްވެއްޖެ ކަމަށެވެ. ނަމަވެސް ކުރިއަށް އޮތް ސީޒަންގައި ކްލަބްގައި ދެމިހުންނާނެ ކަމުގެ ޔަގީންކަން ދިނެވެ. ކުރިއަށް އޮތް ސީޒަންގެ ނިޔަލަށް ސިޓީއާއެކު ގާޑިއޯލާ ހަދާފައިވާ އެއްބަސްވުން ހަމަވާނެ އެވެ. އެއްބަސްވުން އައުނުކުރާނެ ކަމުގެ އިޝާރާތެއް ދެމުން ގާޑިއޯލާ ސުވާލުކުރީ އިތުރަށް ސިޓީގައި ހާސިލްކުރަން އޮތީ ކޮންކަމެއް ތޯއެވެ. ހާސިލްކުރާނެ ކަމެއް ނެތި މޯޓިވޭޓް ކުރަން އުނދަގޫވާނެކަން ފާހަގަ ކުރަމުން ގާޑިއޯލާ ބުނީ ކުރރިމަގާ މެދު ކުރިއަށް އޮތް ސީޒަންގެ ތެރޭގައި ވާހަކަ ދައްކާނެ ކަމަށެވެ. އެ ވާހަކަތައް ކްލަބާއެކު ވެސް ދައްކާނެ ކަމަށް އިނގިރޭސި ފުޓްބޯޅައިގެ މުޅިން އާ ރެކޯޑެއް ހެދުމަށްފަހު ގާޑިއޯލާ ބުންޏެވެ.

ހަ ވަނަ ފަހަރަށް ސިޓީއަށް ލީގު ހޯދައިދިނުމަށްފަހު ގާޑިއޯލާގެ މިހާރުގެ އަމާޒަކީ ޕްރިމިއަރ ލީގާއި އެފްއޭކަޕް ވިދިވިދިގެން ދެވަނަ ސީޒަނެއްގައި ހޯދާ ފުރަތަމަ ޓީމަކަށްވެ ސިޓީ ހަދައިދިނުމެވެ. އެކަން ހާސިލްކުރަން ހޮނިހިރު ދުވަހު އެފްއޭކަޕް ފައިނަލްގައި ނުކުންނާނީ މެންޗެސްޓަރ ޔުނައިޓެޑާ ދެކޮޅަށެވެ. އޭގެފަހުން ސިޓީން ހާސިލްކުރަން އޮތް ކަމަކާ މެދު ގާޑިއޯލާ ސުވާލު އުފެއްދިއެވެ. ގާޑިއޯލާ ބުނީ މިދިޔަ ސީޒަންގައި ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމަށްފަހުވެސް އެސުވާލު އުފެދުނު ކަމަށެވެ.

2016 ވަނަ އަހަރު މެންޗެސްޓަރ ސިޓީއާ ހަވާލުވެ ގާޑިއޯލ ވަނީ އެކްލަބަށް 17 ތަށި ހޯދައިދީފައެވެ. މިދިޔަ 16 އަހަރުގެ ތެރޭގައި އޭނާ ވަނީ ތިން ކްލަބަކާއެކު 12 ލީގު ތަށި ކާމިޔާބުކޮށްފައެވެ. ގާޑިއޯލާ ބުނީ ކުރިއަށް އޮތް ތިން ދުވަހު އޭނާގެ ކުޅުންތެރިން އުފާފާޅުކޮށް, ހޮނިހިރު ދުވަހުގެ އެފްއޭކަޕް ފައިނަލަށް ތައްޔާރުވާން ބޭނުންވާ ކަމަށެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.