ރައްޔިތުންގެ މަޖިލިސް
އެޖެންޑާގައި އޮތީ ޕީޖީގެ މަޤާމުގައި ހުންނެވި ޙުސައިން ޝަމީމް މަޤާމުން ވަކިކުރުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މިއަދު ނިންމިގޮތުގެ ރިޕޯޓު ހުށައެޅުން
ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފަހު ޖަލްސާ މިރޭ ބޭއްވުމަށް ތާވަލުކޮށްފިއެވެ.
ޖަލްސާގެ އެޖެންޑާގައި އޮތީ ޕީޖީގެ މަޤާމުގައި ހުންނެވި ޙުސައިން ޝަމީމް މަޤާމުން ވަކިކުރުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މިއަދު ނިންމިގޮތުގެ ރިޕޯޓު ހުށައެޅުމެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާ ނިންމާލައްވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ މަޖިލީހުގެ މި ދައުރުގެ ފަހު ޖަލްސާ މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މިއަދުގެ ޖަލްސާގައި މަޖިލީހުން ވަނީ މުހިންމު ގިނަ ބިލްތަކެއް ފާސްކޮށްފައެވެ. އެގޮތުން، ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ބިލު، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާޙު، ފޮރިން އިންވެސްޓްމެންޓްގެ ބިލާއި، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނަށް ހުށަހެޅި އިސްލާޙުގެ ބިލާއި އަދި މާލީ ސެކިއުރިޓީޒްއާ ބެހޭ ގާނޫނު ހިމެނެއެވެ.
ކޮމެންޓް