އިމިގްރޭޝަން ކޮންޓްރޯލަރ ޝަމާން
ބިދޭސީ މަސައްކަތްތެރީންގެ މައްސަލަތަށް ހައްލުކުރުމަށް އެކި އިދާރާތަށް ގުޅިގެން ދަނީ މަސައްކަތް ކުރަމުން
ހުއްދަ ނެތި ވިޔަފާރި ކުރަނިކޮށް އަތުލައިގަތް ބިދޭސީން ޑީޕޯޓްކުރާނެ ކަމަށް އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު ވިދާޅުވެއްޖެއެވެ.
ގަވާއިދާއި ހިލާފަށް ރާއްޖޭގައި ވިޔަފާރި ކުރަމުންދާ ބިދޭސީން ހޯދާ ފިޔަވަޅު އެޅުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން އިމިގްރޭޝަން އާއެކު ހިންގުނު ޖޮއިންޓް އޮޕަރޭޝަނެއްގައި 50 ބިދޭސީން ވަނީ އިއްޔެ ހައްޔަރުކޮށްފައެވެ.
ޝަމްއާން މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ފަރާތްތަކުގެ ތެރޭގައި ސައްހަ ހުއްދައެއް ނެތި އަދި ހުއްދަ ދޫކުރެވިފައިވާ މަސައްކަތުގެ ބޭރުން އަމިއްލައަށް ވިޔަފާރި ކުރާ ފަރާތްތަކެއް ދެނެގަނެވިފައިވާ ކަމަށެވެ. އަދި އުސޫލުގެ ތެރެއިން މި ފަރާތްތައް ރާއްޖެއިން ޑީޕޯރޓްކޮށް ފޮނުވާލެވޭނެ ކަމަށް ވެސް ޝަމްއާން ވިދާޅުވިއެވެ.
ބިދޭސީ މަސައްކަތްތެރިންގެ މައްސަލައެއް ހައްލެއް ގެނައުމަށް ދާހިލިއްޔަތާއި ބެހޭ ވުޒާރާއިން ދަނީ އެކި މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އޮޕަރޭޝަން ކުރަނގި ގެ ދަށުން ދަނީ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ ނަގަމުންނެވެ.
ކޮމެންޓް