ކުއްލި ޚަބަރު
މަރުވެފައިވަނީ 55 އަހަރުގެ އަންހެނަކު
ހުޅުމާލޭގައި ޑައިވިންގ އަށް ގޮސް އުޅުނު ފަތުރުވެރިޔަކު ގެނބިގެން މަރުވެއްޖެއެވެ.
ފުލުހުން ބުނީ މިއަދު ހެނދުނު 11:00 ހާއިރު ހުޅުމާލޭ މޫދުގައި ޑައިވިން އަށް ގޮސް އުޅުނު ތައިލެންޑުގެ ފަތުރުވެރިޔަކު ގެނބިގެން މަރުވެފައިވާ ކަމަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މަރުވެފައިވަނީ 55 އަހަރުގެ އަންހެނަކު ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.
މި މައްސަލައާއި ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.
ކޮމެންޓް