އައްޑޫ ސިޓީ މީދޫ ބަނދަރު / ފޮޓޯ: އެމްޓީސީސީ
އައްޑޫ ސިޓީ މީދޫގައި ވެލިނަގަން ދުއްވާ 'އިރުވެލި ދޯނި' އަޑިއަށް ގޮސް، ދޯނިން ކަނޑުވި ދެ ބިދޭސީން ސަލާމަތްކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ މިއަދު މެންދުރު 12:30 ހާއިރު މީދޫ އިސްމެހެލާ ހެރައާއި ދިމާލު ބޭރުން ވެލިނަގާ ދޯންޏެއް އަޑިއަށް ގޮސްފައިވާކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ. އެ ދޯނި އަޑިއަށް ދިޔަ އިރު، ދޯނީގައި ބަންގްލަދޭޝް މީހަކާއި، ސްރީލަންކާ މީހަކު ތިބިކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މީގެ އިތުރުން ފުލުހުން ބުނީ އެ ދެމީހުން ސަލާމަތްކޮށްފައިވަނީ އެމްޓީސީސީ ސަދަން ލިންކުގެ ލޯންޗަކުން ކަމަށެވެ. އަދި އަޑިއަށް ދިޔަ ދޯނި ނެގުމުގެ މަސައްކަތް ދޯނީގެ ވެރި ފަރާތުން ކުރަމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުން ކަނޑުން ސަލާމަތްކުރި ދެމީހުންގެ ހާލުވެސް ރަނގަޅެވެ.
ކަނޑު ދަތުރުކުރުމުގައި ސަމާލުވުމަށް ކަމާއި ގުޅޭ އިދާރާތުން ވަނީ އިލްތިމާސްކޮށްފައެވެ.
ކޮމެންޓް