މެންބަރު މުހައްމަދު އިބްރާހިމް
މެޓާނިޓީ ޗުއްޓީގައި ތިއްބާ ދަރިފުޅު މަރުވެގެންދާ މައިންނަށް ޗުއްޓީ ނުލިބޭ މައްސަލައިގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ކުޑީ ވިދާޅުވެފައިވަނީ މިފަދަ ހާލަތްތަކުގައި ޗުއްޓީ ނުދިނުމަކީ ވަރަށް ހިތާމަހުރި ކަމެއް ކަމަށެވެ. އަދި ޤާނޫނާއި ޤަވާއިދު ކިތަންމެ ވަރަކަށް ހެދިކަމުގައި ވިޔަސް، އިންސާނުންގެ ކިބައިގައި ހުންނަންޖެހޭ އޯގާތެރިކަމާއި ރަހުމާއި ކުލުނަކީ ޤާނޫނަކުން ހޯދައިދެވޭނެ އެއްޗެއް ނޫން ކަމަށް ވެސް އެމެންބަރު ފާހަގަކުރެއްވިއެވެ.
https://x.com/mohamedkudu/status/1880906138931323074?s=46&t=TXuSpvTAejR0Lr_pGUMnWg
"އެންމެ ފުރަތަމަ ވާންވީ އިންސާނަކަށް،" ކުޑީ ވިދާޅުވިއެވެ.
މި މައްސަލައިގައި މިހާރު ވަނީ ކޯޓަށް ހުށަހެޅިފައެވެ. މިހާރުގެ ގަވާއިދުގެ ދަށުން ވިހެއުމުގެ ޗުއްޓީގައި ވަނިކޮށް ދަރިފުޅު މަރުވެއްޖެ ނަމަ އެ ޗުއްޓީ ވަގުތުން ކެންސަލްވެ، މަންމަ ވަޒީފާއަށް ނުކުންނަން ޖެހެއެވެ. މިއީ ގިނަ ބައެއްގެ ފާޑުކިއުން ލިބެމުންދާ ކަމެކެވެ.
މި މައްސަލަ ޓްރައިބިއުނަލަށް ހުށަހެޅުމުން، މި ކަމުގައި ހައްލެއް ލިބި، މުސްތަގުބަލުގައި މިފަދަ ހާލަތްތަކާ ކުރިމަތިލާން ޖެހޭ މައިންނަށް ލުޔެއް ލިބިގެންދާނެ ކަމަށް އުއްމީދު ކުރެވެއެވެ.
ކޮމެންޓް