މާލޭގެ އެކި ސަރަހައްދުތަކުގައި މަގުތައް މަރާމާތުކުރުމުގެ މަސައްކަތް ދަނީ ކުރިއަށް

މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުން

މާލެ ސިޓީ ކައުންސިލުން ކުރިއަށްގެންދާ "ހިތްފަސޭހަ މަގުމަތި" މަޝްރޫޢުގެ ދަށުން މާލޭގެ އެކި ސަރަހައްދުތަކުގައި މަގުތައް މަރާމާތުކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.

މި މަޝްރޫޢުގެ ދަށުން މަޖީދީމަގުގެ ހެންވޭރު ސަރަހައްދުން ފެށިގެން މައްޗަންގޮޅި ސަރަހައްދާ ހަމައަށް ޕޭވްމަންޓުން ހަލާކުވެފައިވާ ސަރަހައްދުތައް ވަނީ މަރާމާތުކޮށް ނިންމާފައެވެ. މީގެ އިތުރުން މއ. މާފަތްތަކުރުފާނު މަގުގައި ގަނބައިފައިވާ ސަރަހައްދުތައްވެސް ވަނީ މަރާމާތުކޮށް ރަނގަޅު ކޮށްފައެވެ.

1000002792.jpg

އަދި ހ. މަޒާރާގެ ކުރިމަތީގައި ވީލްޗެއަރ ރޭމްޕެއް ވަނީ އަޅާފައެވެ. މިއީ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ދަތުރުފަތުރު ކުރެވޭނެ ގޮތް ހެދުމަށް އެޅި ރޭމްޕެކެވެ.

1000002790.jpg

މާލެ ސިޓީ ކައުންސިލުން މަގުތައް މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ރައްޔިތުންނަށް ހިތްފަސޭހަ މާހައުލެއް ޤާއިމްކޮށްދިނުމުގެ މަޤްޞަދުގައެވެ. މި މަސައްކަތްތަކުގެ ސަބަބުން މަގުމަތީގައި ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ލުއިފަސޭހަވެގެންދާނެ ކަމަށް ކައުންސިލުން ބުނެއެވެ.

މާލެ ސިޓީ ކައުންސިލުން މަޢުލޫމާތު ދެއްވާގޮތުގައި "ހިތްފަސޭހަ މަގުމަތި" މަޝްރޫޢުގެ ދަށުން މާލޭގެ އެހެން ސަރަހައްދުތަކުގެ މަގުތައްވެސް މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.