ވިލިމާލެ ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު އިސްމާޢީލް
ވިލިމާލެ ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު އިސްމާޢީލް މިއަދު ވަނީ އެމްޑީޕީން މުޒާހަރާ ކުރާ ސަބަބުތަކެއް ކަމަށް ބުނެ 12 ކަމެއް ފާހަގަކުރައްވާފައެވެ.
މެންބަރު އިސްމާޢީލް ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، ބޯން މެރު ހަދައިގެން ކުދިން ރަނގަޅުވަމުންދާތީއާއި، މަސްވެރިންނަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދޫކުރަމުންދާތީ، އަދި ފަގީރުން ޙައްޖަށް ފޮނުވަމުންދާތީ އެމްޑީޕީން މުޒާހަރާ ނުކުރާ ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، ސްކޫލުތަކުގައި ދިވެހި ޤައުމިއްޔަތު ކިޔަވައިދެމުންދާތީއާއި، ފައިސާ ޗާޕު ނުކުރާތީ، އަދި އެމްޑީޕީއަށް ފަންޑުކޮށްދޭ ކުންފުނިތަކަށް ދައުލަތުން ބަދަލު ދިނުމުގެ ނަމުގައި ފައިސާ ބެހުން ހުއްޓާލާފައިވާތީވެސް އެމްޑީޕީން މުޒާހަރާ ނުކުރާކަމަށް އެމެންބަރު ވިދާޅުވިއެވެ.
އަދި އެއަރ އެމްބިއުލާންސްއިން ބަލިމީހުން އުފުލަމުންދާތީއާއި، ޔޫރަޕުގެ ކޮލިޓީ ބޭސް ރާއްޖޭގައި ވިއްކަން ފަށާފައިވާތީ، އަދި ގެދޮރު އެޅުމަށް 2000 މިލިއަން ރުފިޔާ މިއަހަރު ރައްޔިތުންނަށް ދޫކުރަން ނިންމާފައިވާތީވެސް އެމްޑީޕީން މުޒާހަރާ ނުކުރާކަމަށް ވިދާޅުވެފައިވެއެވެ.
މެންބަރު އިސްމާޢީލްގެ ޕޯސްޓުގައި އިތުރަށް ފާހަގަކުރައްވާފައިވަނީ، ޑްރަގް އަތުލާ މިންވަރު އިތުރުވެފައިވާތީއާއި، ބޭރު ސިފައިން ރާއްޖެއިން ފޮނުވާލާފައިވާތީ، އަދި ގަވާއިދާ ޚިލާފަށް އުޅޭ އެތައް ބިދޭސީންނެއް ޑިޕޯޓްކޮށްފައިވާތީވެސް އެމްޑީޕީން މުޒާހަރާ ކުރާކަމަށެވެ.
ކޮމެންޓް