ރައްޔިތުންނަށް ހަގީގަތް އެނގެން ޖެހޭ: އައިފާން

އައިފާން

ޕީއެންސީގެ ޖަލްސާގައި އައިފާން ވިދާޅުވީ މި ގައުމު ލޫޓުވާލާއި އަނދަވަޅަށް ވައްޓާލި މީހުންގެ ވާހަކަ ރައްޔިތުންގެ ގާތު ބުނަން ޖެހޭ ކަމަށާއި އަދި ކުރިއަށް އޮތް ޖީލުތަކަށް ވެސް ކިޔައިދޭން ޖެހޭ ކަމަށެވެ.

އައިފާން ވިދާޅުވީ މިއަދު ރައީސް ޑރ. މުއިއްޒު ހަވާލުވެ ވަޑައިގެން ހުންނަވަން ޖެހުނީ ތޮށިގަނޑަކާއި ކަމަށެވެ. ރައީސް ކުރައްވަމުން އެ ގެންދަވާ މަސައްކަތަކީ ރާއްޖެ ވެއްޓިފައި އޮތް އަނދަވަޅުން ސަލާމަތް ކުރުމަށް ކުރާން ޖެހެފައިވާ މަސައްކަތް ކަމަށް އައިފާން ވިދާޅުވިއެވެ.

އެމްޑީޕީން ވެރިކަން ނިންމާލައި 2023 ވަނަ އަހަރު ގެޔަށް ދިޔައިރު ރާއްޖޭގެ އެއްވެސް ތަނެއްގައި ތަރައްގީގެ މަޝްރޫއެއް ނުހިނގާ ކަމަށް އައިފާން ވިދާޅުވިއެވެ. އެމްޑީޕީގެ ވެރިކަން ނިމުނުއިރު ޖީބަށް ލުއި ލިބިގެން ދިޔައީ ކޮންރައްޔިތެއްގެ ތޯ އައިފާން ވަނީ ސުވާލު އުފައްދާފައެވެ.

IMG_3118.jpeg

ޕީއެންސީގެ ހަރުގެ ޖަލްސާގައި މަމްދޫހު ވިދާޅުވީ އެމްޑީޕީގެ ސަރުކާރަށް ނަތީޖާ ހާސިލް ނުކުރެވި އޮތީ އެމްޑީޕީގެ ސަރުކާރުން ކުރަމުންދިޔަ ވައްކަންތައް އިންތިހާ ދަރަޖައަށް ގޮސްފައި އޮތުމުން ކަމަށެވެ. ދިވެހިރާއްޖޭގެ ތާރީހުގައިވެސް ފުރަތަަ ފަހަރަށް ވެރިއަކު 64 ބިލިއަނުން ރާއްޖެ ދަރުވާލައިފައި ދިޔައިރު ރަށްރަށުގައި ފަށާ ނިމިފައި ހުރި ޕްރޮޖެކްޓު ތަކުގެ ވެސް އެންމެ އަސާސީ ހިދުމަތްތައް ދެވޭނެ ވަރަށްވެސް އެމްޑީޕީގެ ސަރުކާރުގައި މަސައްކަތް ކޮށްފައި ނުވާކަމަށް މަމްދޫހު ވިދާޅުވިއެވެ.

IMG_3119.jpeg

މަމްދޫހު ވިދާޅުވީ އެކަން ނުކުރެވި އޮތް މައިގަނޑު ސަބަބަކީ ސަރުކާރުގެ އެންމެ މަތިން ފެށިގެން ތިރިއަށް ވައްކަން ކުރުމަށް ދޮރުތައް ހުޅުވަމުން އަދި ރައްޔިތުންގެ މާލިއްޔަތު ލޫޓުވަމުން ދިއުން ކަމަށެވެ. އެހެން ނޫންނަމަ އެމްޑީޕީގެ 5 އަހަރުގެ ތެރޭގައި ނެގި ލޯނުތަކާއި، ރާއްޖެއަށް ކޮވިޑާއި ގުޅިގެން ލިބުނު ހިލޭ އެހީ ރައްޔިތުންނަށްޓަކައި ބޭނުން ކުރިނަމަ މިއަދު ރާއްޖޭގައި ނަރުދަމާ ނެތް އެންމެ ނޯންނާނެ ކަމަށެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.