ހެޔޮގޮތުގައި އިންޓަނެޓް ބޭނުންކުރުމަށް މިލަންދޫ ސްކޫލު ދަރިވަރުންނަށް މައުލޫމާތުދީފި

ސުކޫލު ދަރިވަރުން

ށ. މިލަންދޫ ސްކޫލު މިއަދުގެ އެސެމްބްލީގައި މިލަންދޫ ޕޮލިސް ސްޓޭޝަނުން އެ ދަރިވަރުންނަށް މައުލޫމާތުދީފިއެވެ.

ފުލުހުން ވަނީ އެދަރިވަރުންނަށް މައުލޫމާތުދީފައި ހެޔޮގޮތުގައި އިންޓަނެޓް ބޭނުންކުރުމުގައި ސަމާލުވާންވީ ކަންކަމާއި އާންމު އިޖުތިމާއީ މިންގަނޑުތަކާ ގުޅޭގޮތުންނާއި ފަރުދީ ޒިންމާ އަދާކުރުމާ ގުޅޭގޮތުންނެވެ.


އެގޮތުން، މައިންބަފައިންގެ ބެލެނިވެރިކަމުގެ ދަށުން ރައްކާތެރިގޮތުގައި އިންޓަނެޓް ބޭނުންކުރުމަށާއި އިންޓަނެޓުގައި އެކައުންޓުތައް ހުޅުވާއިރު ސައްހަ ތެދު މައުލޫމާތު ހިމެނުމަށާއި އެ މައުލޫމާތު އެހެން މީހުންނަށް ހާމަނުކޮށް ޕްރައިވެސީ ސެޓިންތައް ރަނގަޅު ގޮތުގައި ހެދުމަށް މައުލޫމާތުދީފައިވެއެވެ. އަދި ނުދަންނަ މީހުންނާ ވާހަކަ ނުދެއްކުމަށާއި އެފަދަ މީހުންނަށް ޒާތީ މައުލޫމާތު ހާމަނުކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ. ހަމައެހެންމެ ސޯޝަލް މީޑިއާގައި ވެސް އެހެން މީހުންނަށް އިހުތިރާމުކުރުމަށާއި އެހެން މީހުންގެ އަގު ވައްޓާލައި މަލާމަތްކުރުމާއި އަބުރަށް ހުތުރު ނަމެއް ލިބޭނެ ކަމެއް ނުކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ.

އޭގެ އިތުރުން، ބޭކާރު ކަންކަމުގައި އިންޓަނެޓް ބޭނުންކުރުމުގެ ބަދަލުގައި ކުރިއަށްދާން ބޭނުންވާ ރޮނގުތަކުން މައުލޫމާތު މުއްސަނދިކޮށް އާއިލާއާއި ގައުމަށް ފައިދާހުރި ގޮތުގައި އިންޓަނެޓުގެ ބޭނުންހިފާ ބަޔަކަށް ދަރިވަރުން ވުމަށް ނަސޭހަތްތެރިވެފައިވެއެވެ. އަދި އާންމު އިޖުތިމާއީ މިންގަނޑުތަކަށް ހާއްސަ ސަމާލުކަމެއްދީ މަގުމަތީގައި އުޅޭއިރު ވެސް އަހުލާގު ރަނގަޅު ނަމޫނާ ދަރިވަރުންގެ ގޮތުގައި ކުރިއަށް ދިއުމަށް ނަސޭހަތްތެރިވެފައިވެއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.