ކަރުގައި ވަޅިޖައްސައިގެން
ވީޑިއޯތަކުގައި ފިރިހެން މީހާ ވަނީ އަންހެން މީހާގެ ކަރުގައި ވަޅި އެއް ޖައްސާފަ
މާފަންނުގައި އަންހެނަކު ރަހީނުކުރި ފިރިހެން މީހާ ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މި އަންހެން މީހާ އެގޭތެރޭގައި ރަހީނުކޮށް، އަނިޔާކޮށްފައިވެއެވެ. އަދި ގެއިން ނެރެގެން އަނިޔާކޮށްފައިވެސް ވެއެވެ.
ދައުރުވަމުންދާ ވީޑިއޯތަކުގައި ފިރިހެން މީހާ ވަނީ އަންހެން މީހާގެ ކަރުގައި ވަޅި އެއް ޖައްސާފައެވެ. އަދި މަގުމަތީގައި ސައިކަލަކަށް އަރައިގެން ދާއިރުގައިވެސް އިންނަނީ އަންހެން މީހާ ކަރުގައި ވަޅި ޖައްސައިގެންނެވެ.
ފުލުހުން މި ފިރިހެން މީހާ ހައްޔަރުކޮށްފައިވަނީ ބާރުގެ ބޭނުން ކޮށްގެނެވެ. އަދި ބާރުގެ ބޭނުންކުރުމުން ލިބިފައިވާ އަނިޔާ ދެނެގަތުމަށް އޭޑީކޭ ހޮސްޕިޓަލުގައި ދަނީ ތަހުލީލުތަކާއި ފަރުވާ ދެމުންނެވެ. އަދި ރަހީނުކުރި އަންހެން މީހާއަށް އައިޖީއެމްއެޗްގައި ވަނީ ފަރުވާ ދީފައެވެ. އޭނާގެ ހާލު ރަނގަޅު ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ކޮމެންޓް