ބަރލިން ގްލޯބަލް ޑައިލޮގް 2024 ގައި ރާއްޖެއިން ބައިވެރިވެއްޖެ

ޑައިލޮގްގެ ތެރެއިން

ޑައިލޮގް އަކީ ދުނިޔެއަށް ދިމާވާ އިޤްތިސާދީ، ސިޔާސީ އަދި އިޖުތިމާއީ ގޮންޖެހުންތަކާ ގުޅޭގޮތުން ޤައުމުތަކުގެ އިސްވެރިންނާއި ކަމާބެހޭ ފަންނީ މާހިރުން ބައްދަލުކޮށް ދެމެހެއްޓެނިވި ހައްލު ހޯދުމަށް މަޝްވަރާކުރުމަށް ބާއްވާ ޑައިލޮގްއެއް

ބަރލިން ގްލޯބަލް ޑައިލޮގް ގައި ދިވެހިރާއްޖެއިން ޖަރުމަނުވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަލްފާޟިލާ ޢާއިޝަތު ޝާން ޝާކިރު ބައިވެރިވެވަޑައިގަންނަވައިފިއެވެ.

މި ޑައިލޮގްއަކީ 2022 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ޖަރުމަނުވިލާތުގެ ވެރިރަށް ބަރލިންގައި ބާއްވާ ޑައިލޮގްއެކެވެ.

މި ޑައިލޮގް އަކީ ދުނިޔެއަށް ދިމާވާ އިޤްތިސާދީ، ސިޔާސީ އަދި އިޖުތިމާއީ ގޮންޖެހުންތަކާ ގުޅޭގޮތުން ޤައުމުތަކުގެ އިސްވެރިންނާއި ކަމާބެހޭ ފަންނީ މާހިރުން ބައްދަލުކޮށް ދެމެހެއްޓެނިވި ހައްލު ހޯދުމަށް މަޝްވަރާކުރުމަށް ޖަރުމަނުވިލާތުގެ ނަންހިނގާ 'ޔޫރަޕިއަން ސްކޫލް އޮފް މެނޭޖްމަންޓް އެންޑް ޓެކްނޮލޮޖީ (އީ.އެސް.އެމް.ޓީ)' އިން އިންތިޒާމުކޮށްގެން ބާއްވާ ޑައިލޮގެކެވެ.

މިގޮތުން މި އަހަރުގެ ޑައިލޮގް ގައި އަލިއަޅުވާލާފައިވާ ކަންކަމުގެ ތެރޭގައި ވިޔަފާރީގެ ގޮތުން ޤައުމުތައް ގުޅި ލާމެހުން، އާރޓިފިޝަލް އިންޓެލިޖެންސް، އިއާދަކުރަނިވި ހަކަތަ އަށް ދުނިޔެ ބަދަލުވުން، އަދި ބައިނަލްއަޤްވާމީ މައިދާނުގައި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ އިސް ދައުރު ފާހަގަކޮށްލެވެއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.