މައިންބަފައިންނަށް ހިޔާވަހިކަމާއި މާލީ އެހީ ފޯރުކޮށްދިނުމަކީ ފިރިހެން ދަރިންގެ ޒިންމާއެއް!

މައިންބަފައިންނަށް ހިޔާވަހިކަމާއި މާލީ އެހީ ފޯރުކޮށްދިނުމަކީ ފިރިހެން ދަރިންގެ ޒިންމާއެއް!

މައިންބަފައިންނަށް ހިޔާވަހިކަމާއި މާލީ އެހީ ފޯރުކޮށްދިނުމަކީ ފިރިހެން ދަރިންގެ ޒިންމާއެއް ކަމަށް އާއިލާއާބެހޭ ގާނޫނާ ހަވާލާދީ ފެމިލީ ކޯޓުން ބުނެފިއެވެ.

ފެމިލީ ކޯޓުން ވަނީ މައިންބަފައިން ބެލުމާއި އެ މީހުންގެ ހަރަދު ބަރަދު ހަމަޖެއްސުމުގައި ދަރިންގެ ޒިންމާއެއް ކަން ފާހަގަކޮށް ފިރިހެން ދަރިންގެ ޒިންމާއާއި ފިރިހެން ދަރިންނާއި އަންހެން ދަރިން ހަމަހަމަވާނެ މަގުން އަދާކުރަން ޖެހޭ ޒިންމާވެސް ހަނދާން ކޮށްދީފައެވެ.

ފެމިލީ ކޯޓުން ބުނީ ފިރިހެން ދަރިންގެ ޒިންމާއަކީ މައިންބަފައިންނަށް އެކަށީގެންވާ ހިޔާވަހިކަމެއް ހޯދައިދިނުމާއި ކެއިން ބުއިން ހަމަޖައްސައިދީ އުނުފޭރާން ހޯދައިދިނުމާއި ބޭސް ފަރުވާގެ ކަންތައް ހަމަޖައްސައިދިނުން ކަމަށެވެ. އަދި އެހެނިހެން ޒަރޫރީ ބޭނުންތައް ފުއްދައިދިނުމާއި ދިރިއުޅުމުގައި ބޭނުންވާނެ އެކިއެކި ރިއާޔަތްތަކާއި ފަސޭހަ ފޯރުކޮށްދިނުމަކީ ވެސް ފިރިހެން ދަރިންގެ ޒިންމާއެއް ކަމަށް ފެމިލީ ކޯޓުން ވަނީ ބުނެފައެވެ.

އޭގެ އިތުރުން ފިރިހެން ދަރިންނާއި އަންހެން ދަރިން ހަމަހަމަވާނެ މަގުން އަދާ ކުރަން ޖެހޭ ޒިންމާތަކަކީ އެކަށީގެންވާ ހިޔާވަހިކަމެއް ހޯދައިދިނުމާއި މާލީ ގޮތުން ހޭދައެއް ކުރަންޖެހޭ ކަންތައްތައް ފިޔަވައި މައިންބަފައިންގެ ހައްގުތަކަށްޓަކައި އެ މީހުންނަށް ދޭން ޖެހޭ ރިއާޔަތްތައް ދިނުން ކަމަށް ވެސް އެ ކޯޓުން ވަނީ ބުނެފައެވެ.

ފެމިލީ ކޯޓުން މައިންބަފައިންގެ ޒިންމާތައް ދަރިން އަދާކުރަން ޖެހޭ ގޮތް ބަޔާންކޮށްފައި ވަނީ އާއިލާއާބެހޭ ގާނޫނުގެ 57 ވަނަ މާއްދާއާއި 58 ވަނަ މާއްދާއާ ހަވާލާދީއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.