އީ-އެސްޓޯނިއާ ބްރީފިންގް ސެންޓަރަށް ރައީސް ޒިޔާރަތްކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ، އެސްޓޯނިއާގެ އީ-އެސްޓޯނިއާ ބްރީފިންގް ސެންޓަރަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މިއަދު އެސްޓޯނިއާގެ ވެރިރަށް ޓަލިންގައި ހުންނަ އީ-އެސްޓޯނިއާ ބްރީފިންގް ސެންޓަރަށް ޒިޔާރަތްކުރައްވައިފިއެވެ.

އީ-އެސްޓޯނިއާ ބްރީފިންގް ސެންޓަރަށް ރައީސުލްޖުމްހޫރިއްޔާއަށް ވަޑައިގަތުމުން މަރުހަބާ ދެންނެވީ އެ ސެންޓަރުގެ ހެޑް، ޓްރިން ޔޯސާރެއާއި އިންޓަނޭޝަނަލް ސާވިސަސް ޑިވިޝަންގެ އެކްޓިންގް ހެޑް އަދި އެސްޓޯނިއަން އިންވެސްޓްމަންޓް އޭޖެންސީ، އެންޓަޕްރައިޒް އެސްޓޯނިއާގެ ޑިރެކްޓާ، ޔޯނަސް ވަންޓޯއެވެ.

މި ޒިޔާރަތުގައި، ރައީސުލްޖުމްހޫއްރިއްޔާގެ އިތުރުން ދިވެހި ވަފުދަށް އެސްޓޯނިއާގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ދަތުރާ ގުޅޭގޮތުން ޕްރެޒެންޓޭޝަނެއް ވަނީ ހުށައަޅާފައެވެ.

އަދި ހަަމައެހެންމެ، އެސްޓޯނިއާގެ ޑިޖިޓަލް މުޖުތަމައު އަދި އީ-ގަވާނަންސްގެ އާ އީޖާދުތަކާއި، އީ-ރެސިޑެންސީ، ޑިޖިޓަލް އައިޑީ، އީ-ޓެކްސޭޝަން، އަދި އެކްސް-ރޯޑް ސިސްޓަމްތަކުގެ ތެރެއިން ރައްކާތެރި ޑޭޓާ ބަދަލުކުރުން ފަދަ ޑިޖިޓަލް ނިޒާމުތައް އެއްކޮށްލުމުގައި އެސްޓޯނިއާއިން ހޯދާފައިވާ ކާމިޔާބީއާ ބެހޭ ޕްރެޒެންޓޭޝަނެއްވެސް ހުށަހަޅާފައި ވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ އެސްޓޯނިއާގެ ރައީސް ޑރ. އަލާރް ކަރިސްގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.