މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް
މާލޭގައި ފެންހިންދުމަށް ދެ ޕަމްޕް ގެނައީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އެދިވަޑައިގަތުމަކަށް ކަމަށް މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ވިދާޅުވެއްޖެއެވެ.
ފެންހިންދުމަށް ޕަމްޕުތައް ގެނައި ފަރާތާ މެދު އާންމުންގެ މެދުގައި ސުވާލު އުފެދި ބޮޑު ބަހުސަކަށް ވެފައިވަނިކޮށް މިކަމާ ގުޅިގެން ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ނަރީޝް ވިދާޅުވެފައިވަނީ ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީގެ މެޖޯރިޓީ އޮންނަ ސިޓީ ކައުންސިލުން މިކަން ފާސްކުރީ ރައީސްގެ އެދިވަޑައިގަތުމަކަށް ކަމަށެވެ.
“ރައީސް މިގޮތަށް އެދިވަޑައިގަތީ މާލޭގެ ފެންބޮޑުވުމުގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް އެމަނިކުފާނު ދެއްވާ އިސްކަމުގެ ސަބަބުން،“ ނަރީޝް ވިދާޅުވިއެވެ.
ސިޓީ ކައުންސިލުން ކުރާ ކޮންމެ ހަރަދެއްވެސް ކުރެވޭނީ ކައުންސިލްގެ ބޯޑުން ފާސްކޮށްގެންނެވެ. އަދި މި ބޯޑުގެ ސުޕަ މެޖޯރިޓީއަކީ ކޮންގްރެސް ޕާޓީގެ ކައުންސިލަރުންނެވެ.
ކޮމެންޓް