ދަތުރު ދިޔަ ބައެއްގެ ތެރެއިން ރަށަށް ނާދެވި ތިބި 5 މީހަކަށް އެހީވެއްޖެ
އާ އަހަރު ފާހަގަކުރުމަށް ފ. ދިގުވަރަށް ދަތުރު ގޮސް އުޅުނު ބަޔަކު ހާލުގައި ޖެހި ރަށަށް އެނބުރި ނާދެވި ތިބި 5 މީހަކަށް ފުލުހުން އެހީތެރިކަން ފޯރުކޮށް ދީފިއެވެ.
ފ. ދިގުވަރަށް ދަތުރު ގޮސް އުޅުނު ބަޔަކު ހާލުގައި ޖެހިފައި ތިބިކަމަށް ފ. ފީއަލީ ޕޮލިސް ޕޯސްޓަށް މައުލޫމާތު ލިބުމާ ގުޅިގެން ފުލުހުންނާއި، ފ. ފީއަލީ ކައުންސިލާއި، އެމްޓީސީސީ ފެރީގެ މުވައްޒަފުންގެ އެހީތެރިކަމާ އެއްބާރުލުމާއެކު އެފަރާތްތައް ފ. ފީއައްޔަށް ގެނެސްދީފައިވާ ކަމަށެވެ.
ކައުންސިލުން ބުނީ، އެ ރަށުގެ ބަޔަކު ދިގުވަރަށް ދަތުރުގޮސްފައިވާ އިރު، އޭގައި ކުޑަކުދިން ވެސް ހިމެނޭ ކަމަށެވެ.
އާ އަހަރާ ދިމާކޮށް ޗުއްޓީ ހޭދަކުރުމަށް އާއިލާ އާއި ރައްޓެހިން އެކުގައި ޕިކްނިކް ދަތުރު ދިއުމާއި މަސް ދަތުރު ދިއުމަކީ ދިވެހިންގެ ތެރޭގައި އާންމު ކަމެކެވެ. ނަމަވެސް މި ދުވަސްވަރު ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރައިގައި މޫސުން ރަނގަޅު ނޫން ކަމަށް ބުނެ އަންނަނީ މޫސުމަށް ސަމާލުވުމަށް ކަމާ ބެހޭ އިދާރާތަކުން އިލްތިމާސް ކުރަމުންނެވެ.
ކޮމެންޓް