ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް އަލުން ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާ ގޮތް ބެއްލެވުމަށް ބައްދަލުވުމެއް ބާއްވައިފި

އިއްޔެ ބޭއްވުނު ބައްދަލުވުމުގެ ތެރެއިން

މި މަޝްރޫޢުގެ މުޅި ޖުމްލަ 69.2 އިންސައްތަ މަސައްކަތް ވަނީ ނިންމާލެވިފަ

މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރަސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބް، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް އަލުން ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބެއްލެވުމަށްޓަކައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދާއި، މަޝްރޫޢުގެ ކޮންޓްރެކްޓަރ އަދި ކޮންސަލްޓަންޓުންނާއި ބައްދަލުކުރައްވައިފިއެވެ.

އިއްޔެ ބޭއްވުނު މި ބައްދަލުވުމުގައި މިނިސްޓްރީގެ އިސް އޮފިޝަލުންނާއި ޓެކްނިކަލް ޓީމުގެ އިތުރުން އެމްއޭސީއެލް އަދި އާރްއޭސީއެލްގެ އިސް ވެރިންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާ މިންވަރު ދެނެގަނެ، ކަނޑައެޅިފައިވާ ތާވަލާއި އެއްގޮތަށް މަސައްކަތް ނިންމުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާއި ބެހޭގޮތުންނެވެ. މި މަޝްރޫޢުގެ މުޅި ޖުމްލަ 69.2 އިންސައްތަ މަސައްކަތް ވަނީ ނިންމާލެވިފައެވެ.

މި މަޝްރޫޢު ނިމުމުން ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓަކީ އުތުރުގެ ވައިގެ ދަތުރުފަތުރުގެ މައި މަރުކަޒަކަށް ވެގެންދާނެ ކަމަށް ބެލެވެއެވެ. އަދި މީގެ ސަބަބުން އުތުރުގެ ރަށްތަކުގެ އިޤްތިޞާދަށް ބޮޑު ކުރިއެރުމެއް ލިބި، ޓޫރިޒަމް ދާއިރާ އިތުރަށް ފުޅާވެގެންދާނެކަމަށްވެސް ލަފާކުރެވެއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.