އިއްޔެ އެމްޑީޕީން މަސައްކަތް ކުރީ މާލީ ބަޣާވާތެއް ގެންނަން: ޝިޔާމް

ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް

މިއަދު ވާދަވެރިން ދިވެހި ގައުމަށް ނުދެނީ ކޮން އަނިޔާއެއްބާއޭ ހިތައް އަރާ ކަމަށް ވިދާޅުވި

އެމްޑީޕީން އިއްޔެ މަސައްކަތް ކުރީ މާލީ ބަޣާވާތެއް ގެންނަންކަމަށް ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ހަރުގޭގައި ކުރިއަށްދިތަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝިޔާމް ވިދާޅުވީ، މިއަދު ވާދަވެރިން ދިވެހި ގައުމަށް ނުދެނީ ކޮން އަނިޔާއެއްބާއޭ ހިތައް އަރާ ކަމަށެވެ. އެބޭފުޅުން ދިވެހި ގައުމަށާއި ދިވެހި ރައްޔިތުންނަށް ވީ އަނިޔާ އާއި ދިން އަނިޔާ އަދިވެސް ނުފުދެނީ ބާއޭ އަދިވެސް ހިތައް އަރާ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ. "ދިވެހި ރައްޔިތުންގެ ޕާޓީގެ ނަމުން" އެހެން ނަމަވެސް އެ ބޭފުޅުންނަށް ވެރިކަން ލިބިވަޑައިގަންނަވާ ކޮންމެ ފަހަރަކު ދިވެހި ރައްޔިތުންނަށް ދެނީ ހިތްދަތިކަމާއި އަނިޔާ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

"މިއަދު އަޅުގަނޑު މިތާ ހުއްޓި ހުންނައިރު، މި ބޭފުޅުންގެ މިއަދުގެ އަމަލުތަކާއި ދޭތެރޭގައި ވިސްނާލީމަ ހަމަ ހިތާމަ ކުރަން، ދެރަވޭ، ލަދުގެކަންފުޅެއްވެސް ނެތީބާއޭ ހިތައް އަރާ، ބަޢާވާތް މިއީ މާ ކުރާހިތްވާ ކަމެއް މި ބޭފުޅުން، ބަޢާވާތުގެ ވަރަށް ގިނަ ވައްތަރުތައް އެބަ ހުރޭ، އިއްޔެ އިރު އެރި އިރުގައި މި އޮތީ މާލީ ބަޣާވާތެއް މި ގައުމަށް ގެންނަން މި މީހުން އަޑީގައި ތިބެގެން މަސައްކަތް ކުރީ" ޝިޔާމް ވިދާޅުވިއެވެ.

ބީއެމްއެލްގެ ރުފިޔާ އެކައުންޓުތަކަށް ދޫކޮށްފައިވާ ޑެބިޓް ކާޑްތަކާއި ކްރެޑިޓް ކާޑުތަކުން ރާއްޖެއިން ބޭރުގެ މުއާމަލާތް ނުކުރެވޭ ގޮތަށް ހަދައިފައެވެ. ބީއެމްއެލް އިން ކުއްލި ބަދަލު ގެނައީ ކާޑުން ކުރެވޭ ބޭރުގެ މުއާމަލާތްތަކުގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުންދިޔަ ނަމަވެސް ބޭންކަށް ގަންނަން ލިބޭ ބޭރު ފައިސާގެ އަދަދު އެއް މިންވަރެއްގައި ހިފެހެއްޓިފައިވާ ކަމަށް ބުނެއެވެ. ފަހުން ބީއެމްއެލް އިން ވަނީ ރުފިޔާ ކާޑުތަކުން ޑޮލަރުން މުއާމަލާތް ކުރެވޭ ގޮތް އަލުން ހަދައިފައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.