ޔޫއެން އޯޝަން ކޮންފަރެންސްގައި ރާއްޖެ ތަމްސީލުކުރައްވަނީ ވަޒީރު ޝިޔާމް

މިނިސްޓަރ ޝިޔާމްގެ އިތުރުން، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ ޑރ. ޠާރިޤް އިބްރާހީމްވެސް

ޔޫއެން އޯޝަން ކޮންފަރެންސްގައި ރާއްޖެ ތަމްސީލުކުރައްވަނީ މިނިސްޓަރު ޝިޔާމްއެވެ.

ޕޯޗުގަލްގެ ވެރިރަށް ލިސްބަންގައި މިހާރު ކުރިއަށްދާ އދ. ގެ ތިންވަނަ އޯޝަން ކޮންފަރެންސް (ޔޫއެންއޯސީ3)ގެ އިފްތިތާހީ ޖަލްސާގައި ދިވެހިރާއްޖެ ތަމްސީލުކުރައްވަނީ މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އަލްފާޟިލް އަޙްމަދު ޝިޔާމް މުޙައްމަދެވެ.

މި ކޮންފަރެންސްގައި ރާއްޖޭގެ ވަފުދުގައި މިނިސްޓަރ ޝިޔާމްގެ އިތުރުން، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ ޑރ. ޠާރިޤް އިބްރާހީމްވެސް ބައިވެރިވެ ވަޑައިގަންނަވައެވެ.

1000002794.jpg

މި މުހިންމު ކޮންފަރެންސްގައި ދިވެހިރާއްޖެއިން ކަނޑުގެ މުއްސަނދިކަން ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށާއި ރައްކާތެރިކުރުމަށް މުހިންމު އިޢުލާނުތަކެއް ކުރާނެ ކަމަށް ވަނީ ހާމަކުރައްވާފައެވެ.

ކަނޑުތަކާއި ސަމުދުރުތަކުގެ ދެމެހެއްޓެނިވި ދިރުން ރައްކާތެރިކޮށް، މި މުހިންމު ވަސީލަތް މުސްތަޤްބަލުގެ ޖީލުތަކަށް ރައްކާތެރިކޮށްދިނުމަށް ބޭއްވޭ މި ކޮންފަރެންސްގައި ދުނިޔޭގެ އެކި ޤައުމުތަކުން ގިނަ އަދަދެއްގެ މަންދޫބުން ބައިވެރިވެ ވަޑައިގަންނަވައެވެ.

ކަނޑުތަކާއި ސަމުދުރުތަކުގެ ދިރުންތައް ރައްކާތެރިކުރުމަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތަކާއި، މި ދާއިރާއިން ރާއްޖެއިން ހާސިލުކޮށްފައިވާ ކާމިޔާބީތައް މި ކޮންފަރެންސްގައި ހިއްސާކުރެވޭނެއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.