އޮސްޓްރިއާގެ ވިލާޗް ސިޓީ
އޮސްޓްރިއާގެ ވިލާޗް ސިޓީގައި ސީރިއާގެ މީހަކު މަގުމަތިން ދިޔަ ބަޔަކަށް ވަޅިން ހަމަލާދީ އެކަކު މަރާލާފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ތުހުމަތު ކުރެވޭ އުމުރުން 23 އަހަރުގެ މީހާއަކީ އޮސްޓްރިއާގައި ރެސިޑެންސް ޕާމިޓް އޮންނަ ފިރިހެނެކެވެ. ޖަރީމާ ހިންގިތާ އިރުކޮޅެއްގެ ތެރޭގައި އެމީހާ ވަނީ ހައްޔަރުކޮށްފައެވެ.
މި ހަމަލާގައި އުމުރުން 14 އަހަރުގެ ކުއްޖަކު ވަނީ މަރުވެފައެވެ. ހޮނިހިރު ދުވަހުގެ މެންދުރު ދީފައިވާ ޙަމަލާގައި އިތުރު 5 މީހެއްގެ ގަޔަށްވެސް ވަޅި ޖަހާފައި ވެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ހަމަލާދިން މީހާ ހައްޔަރު ކުރީ އާންމުންގެ މީހަކު އޭނާގެ ކާރުން ޖައްސައި އެމީހާ ބިންމައްޗަށް ވައްޓާލުމުންނެވެ.
މިއީ އެކަނި އުޅުނު މީހެއްކަމެއް ނުވަތަ އިތުރު ބަޔަކު ބަޔަކާ ބައިވެރިވެގެން ޖަރީމާ ހިންގި މީހެއްކަމެއް ނުވަތަ ނޫންކަމެއް ސާފެއް ނުވެއެވެ.
ކެރިންތިއާ ޕްރޮވިންސްގެ ސްޓޭޓް އޮފީސް ފޯ ސްޓޭޓް ސެކިއުރިޓީ އެންޑް ކައުންޓަރިން އެކްސްޓްރީމިޒަމް އިން ދަނީ ޖިނާއީ ތަހުގީގު ކުރާ ފަރާތްތަކާ ގުޅިގެން މައްސަލަ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް