ފުވައްމުލަކުން އަތުލައިގަތް ދެ މީހުން
މަސްތުވާތަކެއްޗާ ދެކޮޅަށް ފުވައްމުލަކުގައި ފުލުހުން ހިންގި ބޮޑު އޮޕަރޭޝަނެއްގައި މިދިޔަ މަހުގެ 9 ވަނަ ދުވަހު ހައްޔަރުކުރީ ދޫޑިގަން، ކަރަންކާވިލާ އަހުމަދު ނިއުޝާދު، 34، އާއި ދޫޑިގަން، ޒަމާނީވިލާ، ހަސަން އާޒިމް، 29 އެވެ.
މައްސަލައާ ގުޅިގެން ފުވައްމުލަކު މެޖިސްޓްރޭޓުން އެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރި އެވެ. ނަމަވެސް، އެ އަމުރު ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ކުރި ހުކުމްގައި ބުނީ ތުހުމަތު ކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުރި ކަމަށް ބަޔާން ކުރުމަށް ފަހު، އެ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން ނިންމުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާއާ ހިލާފު ނިންމުމެއް ކަމަށެވެ. އެހެންވެ، އެ ދެ މީހުން ވެސް ބަންދުން ދޫކޮށްލި އެވެ.
އެ މީހުން ތިބީ މާލޭގައި ކަމަށް ވާތީ މެޖިސްޓްރޭޓް ކޯޓުގެ އަމުރު ތަންފީޒުކޮށްފައިވަނީ މާލޭގަ އެވެ. އަދި ބަންދާ މެދު ގޮތެއް ކަނޑައަޅަން ކޯޓަށް ގެންދިޔުމުން އާޒިމްގެ ބަންދަށް ހަތް ދުވަސް އަދި ނިއުޝާދުގެ ބަންދަށް 10 ދުވަސް ކްރިމިނަލް ކޯޓުން ވަނީ ދީފަ އެވެ.
ކޮމެންޓް