ޤާނޫނު ތަންފީޒު ކުރުމުގައި ރައްޔިތުންނަށް އަވަހަށް ޚިދުމަތް ދިނުމަށް ރައީސް ވަނީ އަންގަވާފަ: ވަޒީރު އިޙުސާން

ވަޒީރު އިޙުސާން އަދި ރައީސް ޑރ. މުޢިއްޒު

ބުޅާމަސް ބޭނުންކޮށްގެން ކާބޯތަކެތި ތައްޔާރުކުރާކަމުގެ ތުހުމަތުގައި ހޯދަމުންދިޔަ މީހާ ފުލުހުން ހައްޔަރު ކުރުމާއި ގުޅިގެން ކުރެއްވި އެކްސް ޕޯސްޓެއްގައި

ޤާނޫނު ތަންފީޒު ކުރުމުގައި ރައްޔިތުންނަށް އަވަހަށް ޚިދުމަތް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަންގަވާފައިވާ ދާޚިލީ ސަލާމާތާއި ފަންނިއްޔާތާއިބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ ބުޅާމަސް ބޭނުންކޮށްގެން ކާބޯތަކެތި ތައްޔާރުކުރާކަމުގެ ތުހުމަތުގައި ހޯދަމުންދިޔަ މީހާ ފުލުހުން ހައްޔަރު ކުރުމާއި ގުޅިގެން ކުރެއްވި އެކްސް ޕޯސްޓެއްގައެވެ. މިނިސްޓަރ ވަނީ ޤާނޫނު ތަންފީޒު ކުރުމުގައި ރައްޔިތުންނަށް އަވަހަށް ޚިދުމަތް ދިނުމަށް މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށް ވިދާޅުވެފައެވެ.

މި މައްސަލާގައި ޙައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ, ޢުމުރުން 32 އަހަރުގެ އަރްފަތު ޙުސައިނެވެ.

އޭނާ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު ސޯޝަލް މީޑިއާގައި ޕޯސްޓްކުރެއްވުމުން، އެކަމަށް އިޝާރާތްކުރައްވާ ވަޒީރު ވިދާޅުވީ، ޤާނޫނު ތަންފީޒްކުރެއްވުމުގައި ރައްޔިތުންނަށް ވީހާވެސް އަވަހަށް ޚިދުމަތް ދެވޭނެގޮތަށް މަސައްކަތްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިރުޝާދު ދެއްވާފައިވާ ކަމަށެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ އުންމީދު ކުރައްވާ ގޮތްކަން ފާހަގަކުރައްވާ ވަޒީރު ވަނީ، ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް އަޅަމުންދާ އަވަސް ފިޔަވަޅުތަކަށް މޯލްޑިވްސް އިމިގްރޭޝަނާއި ފުލުހުންގެ ޚިދުމަތަށް ޝުކުރު އަދާކުރައްވާފައެވެ.

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދައި، އިމިގްރޭޝަނުން ދަނީ އެފަދަ ބިދޭސީންނާމެދު ފިޔަވަޅު އަޅަމުންނެވެ.

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަތައް ރިޕޯޓް ކުރުމަށް އިމިގްރޭޝަނުން ވަނީ "އިމިގްރޭޝަން ވޮޗް"ގެ ނަމުގައި ޚާއްޞަ އޮންލައިން ޕްލެޓްފޯމެއް ތަޢާރަފްކޮށްފައެވެ. އިމުގާ ޕޯޓަލް މެދުވެރިކޮށް ރިޕޯޓްކުރެވޭ ގޮތަށް ތަޢާރަފް ކުރެވުނު މި ޕްލެޓްފޯމްގެ ތެރެއިން ކާކުކަން ނެނގޭގޮތަށްވެސް މައްސަލަތައް ރިޕޯޓް ކުރެވޭނެއެވެ. އިމިގްރޭޝަނުން ވިދާޅުވީ، މި ޕޯޓަލަށް މިހާތަނަށް 300 އަށްވުރެ ގިނަ މައްސަލަ ރިޕޯޓްކޮށްފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.