މިނިސްޓަރު ސައީދާއި ސައީދު އަބްދުﷲ
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ ބައްޕާފުޅު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ރައީސްގެ ރަސްމީ އެކްސް އެކައުންޓުގައި ވިދާޅުވީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުހައްމަދު ސައީދުގެ ބައްޕާފުޅު، ސައީދު އަބްދުﷲ، ވިނަރެސް / ހއ. ތުރާކުނު، އަވަހާރަވި ހަބަރު އަޑުއެއްސެވީ ފުން ހިތާމަޔާ އެކުގައި ކަަމަށެވެ.
"މަރުހޫމްގެ އާއިލާއަށް ނުހަނު އިހްލާސްތެރިކަމާއެކު ތައުޒިޔާ ދަންނަވައި، ކެތްތެރިކަން ދެއްވުން އެދި ދުއާ ކުރަމެވެ. މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި، ސުވަރުގޭގެ މަތިވެރި ނިއުމަތާއި ރަހްމަތުގައި މަރުހޫމް ސައީދު އަބްދުﷲ ލަހައްޓަވާށިއެވެ. އާމީން."
ސައީދު އަބްދުﷲ އަކީ، ހއ. ތުރާކުނުގެ ވެރިކަމުގެ ދާއިރާގެ އިސް މަގާމުތަކުގައި 20 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ، ގަދަރުވެރި ބޭފުޅެއް ކަމުގައި ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ. އިތުރަށް ރައީސް ވަނީ ސައީދު އަބްދުﷲ އަކީ ހުލްގު ހެޔޮ، ދީންވެރި، ހަރުދަނާ ޝަހްސިއްޔަތެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
ކޮމެންޓް