މަޖިލީހުން ކޮންމެ ކަމެއްވެސް ނިންމައިފާނެކަމުގެ ނުރައްކާ އެބައޮތް : ފައިސަލް ނަސީމް

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް

ސްޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރުމުގައި އިޖުރާއަތްތަކާ ޚިލާފަށް ރައްޔިތުންގެ މަޖިލީހުން ޢަމަލުކޮށްފައިވާ ކަމަށާއި، މިކަމާމެދު ރައްޔިތުން ފުންކޮށް ވިސްނަންޖެހޭ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ފައިސަލް ނަސީމް ވިދާޅުވި ގޮތުގައި، އެތައް ފަރާތްތަކަކުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، އިޖުރާއަތްތަކާ ޚިލާފަށް ސްޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކޮށްފައިވުމަކީ، ރައްޔިތުންގެ މަޖިލީހުން ކޮންމެ ފަދަ ކަމެއްވެސް ނިންމައިފާނެކަން ދައްކުވައިދޭ ކަމެކެވެ.

"އެތައް ބައެއްގެ ކަންބޮޑުވުން ހުއްޓާ، އިޖުރާއަތްތަކާ ޚިލާފަށް މިފަދަ ނިންމުމެއް ނިންމާފައިވާއިރު، މިއީ ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމެއް،" ފައިސަލް ނަސީމް ވިދާޅުވިއެވެ.

ސްޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލައިގައި ޤާނޫނީ ވަކީލުންނާއި، ކުރީގެ ފަނޑިޔާރުން އަދި ސިޔާސީ ޕާޓީތަކުން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އަދި މި މައްސަލައިގައި ޢަމަލުކުރެވިފައިވަނީ ޤާނޫނީ އިޖުރާއަތްތަކާ ޚިލާފަށް ކަމަށް ފާހަގަކޮށްފައިވެއެވެ.

ފައިސަލް ނަސީމްގެ މި ބަސްފުޅުތައް އަމާޒުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީން ސްޕްރީމް ކޯޓުގެ ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން އަދި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ވަކިކުރުމަށް ނިންމި ނިންމުމަށެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.