ފުލުހުން ހަރަކާތްތެރިވަނީ
ހުޅުމާލޭ 2 ގައި ފުލުހުންގެ ކާރަކާއި ސައިކަލެއް ޖެހި މިދިޔަ މަހު 27 ގައި ހިނގި އެކްސިޑެންޓުގެ ތަހުގީގަށް، އެ މަންޒަރު ދުށް ބަޔަކު ހޯދަން ފުލުހުން މިއަދު އިއުލާންކޮށްފި އެވެ.
2024 ޑިސެންބަރު 27 ވަނަ ދުވަހުގެ 01:45 ހާއިރު ހުޅުމާލެ ފޭސް 2 ގެ ނިރޮޅުމަގާއި ގުލްއަލާމާހިނގުން ގުޅޭ ހިސާބުގައި ފުލުހުންގެ ކާރަކާއި ސައިކަލެއް ޖެހި ހިނގާފައިވާ ނުރައްކާތެރި އެކްސިޑެންޓްގެ މަންޒަރު ދުއްފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މި އެކްސިޑެންޓް ހިނގި ވަގުތު މަންޒަރު ދުއްފަރާތެއް ވާނަމަ ޓްރެފިކް އިންވެސްޓިގޭޝަންގެ ނަންބަރު 9444880 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ.
މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުސަތުގައި ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.
ކޮމެންޓް