ފަހި ހަކަތަ ޕޯޓަލްއިން މަސްވެރިންނަށް ތެޔޮ ލިބޭނެ ގޮތް އެސްޓީއޯ އިން ހަމަޖައްސަނީ

އެސްޓީއޯ

މަސްވެރިންނަށް "އެސްޓީއޯ ރޭޓް" ގައި ތެޔޮ ފޯރުކޮށްދިނުމުގެ ގޮތުން ފިޝަރީޒް މިނިސްޓްރީގެ "ފަހި ހަކަތަ" ޕޯޓަލް މެދުވެރިކޮށް ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖައްސަމުންދާ ކަމަށް އެސްޓީއޯ އިން ބުނެފި އެވެ.

އެސްޓީއޯ އިން ބުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރެއްވި ގޮތަށް އިއްޔެ އިން ފެށިގެން ހުޅުމާލެ ކަންނެލި ޖެޓީގެ އިތުރުން ކ. ހިންމަފުށި، ޅ. ފެލިވަރު، ގއ. ކޫއްޑޫ އަދި އައްޑޫސިޓީ ހުޅުމީދޫ އިން އެ ރޭޓުގައި ތެޔޮ ވިއްކަން މިހާރު ފަށާފައިވާ ކަމަށެވެ.

އެސްޓީއޯ އިން ވަނީ އަންނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ފިއުލް ސްޓޯރޭޖް ގާއިމްކޮށް، "އެސްޓީއޯ ރޭޓް" ގައި ތެޔޮ ލިބޭނޭ އިންތިޒާމް ހަމަޖައްސުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެފަ އެވެ.

ކ. ގާފަރަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވާ މިމަހުގެ ނުވަ ވަނަ ދުވަހު ރައީސް މުއިއްޒު ވަނީ އެސްޓީއޯ ރޭޓްގައި މަސް ދޯނިތަކަށް ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ވެވަޑައިގެންނެވި ވައުދު ފުއްދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފަ އެވެ.

އެސްޓީއޯ އިން ވަނީ ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ތެޔޮ ރައްކާކުރެވޭނޭ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއެއް ފަށާފަ އެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.