މިނިސްޓަރު ތޯރިގް ފރާންސްއަށް ވަޑައިގަތުން
އދ. އިން އިންތިޒާމުކޮށްގެން ބާއްވާ ކަނޑުތަކާބެހޭ މަހާސިންތާ 2025 ގައި ބައިވެރިވެވަޑައިގަތުމަށް ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ތާރިގް އިބްރާހީމް ފްރާންސަށް މިރޭ ފުރާވަޑައިގަންނަވައިފިއެވެ.
އެ ވުޒާރާއިން ވިދާޅުވީ، މި މުހިންމު ބައިނަލްއަގްވާމީ ބައްދަލުވުމުގައި ދުނިޔޭގެ އެކި ގައުމުތަކުގެ ވެރިންނާއި، ސިޔާސަތު އެކުލަވާލާ ފަރާތްތަކާއި، ސައިންޓިސްޓުންނާއި، އަދި ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތްކުރާ ފަރާތްތައް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ
ޖޫން ނުވަ ވަނަ ދުވަހުން 13 ވަނަ ދުވަހުގެ ނިޔަލަށް ފްރާންސްގެ ނީސްގައި ކުރިއަށްގެންދާ މި މަހާސިންތާގެ މައިގަނޑު މަގްސަދަދަކީ ދުނިޔޭގެ ކަނޑުތައް ރައްކާތެރިކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމުގެ މުހިންމުކަން ފާހަގަކޮށް، އެކަމަށް އަވަސް ފިޔަވަޅުތަކެއް އެޅުމެވެ.
މި މަހާސިންތާގައި އެންމެ އިސްކަމެއް ދޭނީ އދ. ގެ ދެމެހެއްޓެނިވި ތަރައްގީގެ 14 ވަނަ ލަނޑުދަނޑި (އެސްޑީޖީ 14) ހާސިލުކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށާއި، ދުނިޔޭގެ ފެންވަރުގައި އަޅަންޖެހޭ ފިޔަވަޅުތައް އަވަސްކުރުމަށެވެ.
އެސްޑީޖީ 14 ގެ މަގްސަދަކީ ކަނޑުތަކާއި، ކަނޑުގެ ވަސީލަތްތައް ރައްކާތެރިކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމެވެ.
ކޮމެންޓް