އަންނަ މަހުގެ ތެރޭގައިވެސް ބައިނަލްއަޤުވާމީ ޢިލްމުވެރިން ގެނައުމުގެ މަސައްކަތްދަނީ ކުރަމުން

އައްޝައިޚް މުޠީޢު އިސްމާޢީލް މުޙައްމަދު

ބައިނަލްއަޤުވާމީގޮތުން ފާހަގަކޮށްލެވޭ ބޮޑެތި ޢިލްމުވެރިން ރާއްޖެއަށް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރުގެ ނައިބު، އައްޝައިޚް މުޠީޢު އިސްމާޢީލް މުޙައްމަދު ވިދާޅުވީ މި މަސައްކަތް މިއަހަރުގެ ތެރޭގައި ކުރިއަށްގެންދިޔުމަށް ނިންމާފައިވަނީ އެކި އެކި ޖަމްޢިއްޔާތަކާއި ގުޅިގެންކަމަށެވެ.

ދިވެހީންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ބައިނަލްއަޤުވާމީ ޢިލްމުވެރިން އެކި ދުވަސްވަރު ރާއްޖެއަށް ވަޑައިގަންނަވައެވެ. ސަރުކާރުން ޚާއްސަ އިސްކަމެއްދެއްވައިގެން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އެފަދަ ޢިލްމުވެރިން މެދުވެރިކުރައްވާ އެކި މައުޟޫތަކަށް ބަހާލައިގެން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ކުރިއަށްގެންދަވައެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރުގެ ނައިބު، އައްޝައިޚް މުޠީޢު އިސްމާޢީލް މުޙައްމަދު ވިދާޅުވީ، މިއަހަރުގެ ތެރޭގައި އިތުރު ޢިލްމުވެރިން ގެނައުމުގެ މަސައްކަތް ޖަމްޢިއްޔާތަކާއި ގުޅިގެން ކުރިއަށްދާކަމަށެވެ. މިގޮތުން އެކި ޖަމްޢިއްޔާތަކުން އެކި ދުވަސްވަރު، ވަކިން ޚާއްސަގޮތެއްގައި ރަމަޟާން މަހާއި ދިމާކޮށް ދިވެހީންގެ މެދުގައި މަޤުބޫލު ޢިލްމުވެރިން ރާއްޖެއިން ބޭރުން ގެނައުމުގެ މަސައްކަތްކުރުމުގެ ޝައުގުވެރިކަން ފާޅުކުރައްވާކަމަށެވެ. އެހެންކަމުން އެފަދަ ޖަމްޢިއްޔާތަކާއި ގުޅިގެން މިފަދަ ޕްރޮގްރާމްތައް ހިންގެވުމަށް މަސައްކަތްކުރައްވާކަން އެވުޒާރާއިން ވިދާޅުވެއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.